މީރާގެ ޚިދުމަތްތައް މި މަހުގެ 15 ގެ ނިޔަލަށް އޮންލައިންކޮށް ދިނުމަށް ނިންމައިފި
މޯލްޑިވްސް އިންލެންޑް މަނިޓަރީ އޮތޯރިޓީ (މީރާ) ގެ ޚިދުމަތްތައް މި މަހުގެ 15 ގެ ނިޔަލަށް ދިނުމަށް ނިންމައިފި އެވެ.
އެ އޮތޯރިޓީން ކުރި އިޢުލާނުގައި ބުނެފައިވަނީ މިގޮތަށް ނިންމީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅެެއްގެ ގޮތުން ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ ކަމަށެވެ.
އެހެންކަމުން އެ މުއްދަތުގައި އެ އޮތޯރިޓީގެ ކައުންޓަރުތަކުން ވެސް ޚިދުމަތް ނުދޭނެ ކަމަށް މީރާއިން ބުންޏެވެ.
ކައުންޓަރުތަކުން ޚިދުމަތް ނުދިނަސް އެ އޮތޯރިޓީއަށް ދައްކަންޖެހޭ އެންމެހައި ޓެކުހާއި ފީތައް މީރާ ކަނެކްޓް އަދި ވާރުޕޭ މެދުވެރިކޮށް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި އެހެންކަމުން މި ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް މީރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި މީރާއިން ގުޅަން ބޭނުންވާ ފަރާތްތަކުން، ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު 2:00 އަށް ގުޅޭނެ ކަމަށް ވެސް މީރާއިން ބުނެއެވެ.
އެ އޮތީރޮޓީގެ ހޮޓްލައިން ނަންބަރު 1415 އަށް ގުޅައިގެންނާއި، ވައިބަރ ނަންބަރު 9821415 އަށް މެސެޖު ކޮށްގެން މައުލޫމާތު ލިބޭނެ ކަމަށް މީރާއިން ބުނެ އެވެ.