އިނާމު ލިބޭ ކްއިޒު މުބާރާތެއް މީޑިއާ ކައުންސިލުން ބާއްވަނީ

އިނާމު ލިބޭ ކްއިޒު މުބާރާތެއް މީޑިއާ ކައުންސިލުން ބާއްވަން ނިންމާފައިވާ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

އެމްއެމްސީން ބުނީ “މޯލްޑިވްސް މީޑިއާ ކައުންސިލު ކުއިޒް 2021″ގެ ނަމުގައި ބާއްވާ މި މުބާރާތް އޮންނާނީ 1 ޖުލައި އިން ފެށިގެން 30 ޖުލައި ގެ ނިޔަލަށް ކަމަށެވެ.

އިޝްތިހާރު Below Header ad

މި ކުއިޒްގެ މަޤްޞަދަކީ މޯލްޑިވްސް މީޑީއާ ކައުންސިލްގެ މަޢުލޫމާތާއި، ހިންގާ ހަރަކާތްތަކާއި، އެހެނިހެން ކަންކަމާ ގުޅޭ ގޮތުން ޢާއްމު ރައްޔިތުން ހޭލުންތެރި ކުރުވުމެވެ. އަދި މޯލްޑިވްސް މީޑީއާ ކައުންސިލްގެ އާންމު މަޢުލޫމާތާއި، މަސައްކަތްތަކާ ގުޅޭ ގޮތުން އާންމު ރައްޔިތުންނަށް މަޢުލޫމާތު އެނގެނީ ކިހާ މިންވަރަކަށްކަން ދެނެގަތުމެވެ.

މީގެ އިތުރުން މޯލްޑިވްސް މީޑީއާ ކައުންސިލްގެ މަޢުލޫމާތާއި، ހިންގާ ހަރަކާތްތަކާއި އެހެނިހެން ކަންކަމާ ގުޅޭ މަޢުލޫމާތު، ކުއިޒެއްގެ ޒަރީޢާއިން ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަކީ ވެސް މި ކްއިޒު ބޭއްވުމުގެ މަގުސަދެކެވެ. އަދި ކޯވިޑް-19 ޢާލަމީ ވަބާގެ ސަބަބުން ރައްޔިތުންނަށް ގޭގައި ތިބެންޖެހިފައިވާ މި ދަނޑިވަޅުގައި މަޢުލޫމާތު ހިއްސާކޮށްލުމުގެ މަސައްކަތެއް ކޮށްގެން އިނާމެއް ލިބޭނެ ފުރުޞަތަކަށް، މިފަދަ ކުއިޒެއްގެ ޒަރީޢާއިން މަގުފަހިކޮށްދިނުންވެސް މި ކުއިޒްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

މި ކުއިޒްގައި ބައިވެރިވުމަށް ރަޖިސްޓްރީއަށް ހުޅުވައިލާނީ، ޖޫން 15 ން ފެށިގެން ޖުލައި 15 ގެ ނިޔަލަށެވެ.

ރަޖިސްޓްރީއަށް ހުޅުވައިލުމުން އެކަން މޯލްޑިވްސް މީޑިއާ ކައުންސިލުގެ ފޭސްބްކް، އިންސްޓަރގްރާމް އަދި ޓްވިޓަރ މެދުވެރިކޮށް އާންމުކުރެވޭނެއެވެ. އަދި ރަޖިސްޓްރީއަށް ހުޅުވައިލާފައިވާ މުއްދަތު ހަމަވުމުން، މި ކުއިޒްގައި ރަޖިސްޓްރީކުރުން ބަންދުވާނެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް ކުއިޒް 2021 ގެ ސުވާލުތައް ޝާއިޢު ކުރަމުންދާނީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގަ އެވެ. ޖުލައި 1 ން ފެށިގެން ކޮންމެ ދުވަހެއްގެ 13:00 ގައި އެ ދުވަހެއްގެ ސުވާލު ޝާއިޢުކުރެވޭނެ އެވެ.

މި ކުއިޒުން ރަނގަޅު ޖަވާބު ދިމާކުރާ ފަރާތްތަކުގެ ތެރެއިން އެއްވަނައަށް އަންނަ ފަރާތަކަށް 3,000 (ތިން ހާސް) ރުފިޔާ، ދެވަނައަށް އަންނަ ފަރާތަކަށް 2,000 (ދެ ހާސް) ރުފިޔާ އަދި ތިންވަނައަށް އަންނަ ފަރާތަކަށް 1,000 (އެއް ހާސް) ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ.

މި ކުއިޒް ގެ އުސޫލު މޯލްޑިވްސް މީޑިއާ ކައުންސިލްގެ ވެބްސައިޓްގައި މިހާރުވަނީ އާންމުކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.