އައްޑޫ ފްލައިންގ ސްކޫލުގެ ބައެއް ދަރިވަރުންގެ ލޯނު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަަށް ބަދަލުކޮށްފި

އައްޑޫ ފްލައިންގ ސްކޫލުގެ ބައެއް ދަރިވަރުންގެ ލޯނު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަަށް ބަދަލުކޮށްފި އެވެ.

އެގޮތުން އެ ސްކޫލުގައި ކިިޔަވާ ދަރިވަރުންގެ ތެރެއިން ބީއެމްއެލްއިން ލޯނު ނަގާފައިވާ 15 ދަރިވަރުންގެ ލޯނު ހަޔަރ އެޑިޔުކޭޝަންގެ ދަށަށް މިހާރުވަނީ ބަދަލުކޮށްފަ އެވެ.

އިޝްތިހާރު Below Header ad

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ނިންމުމުގެ ސަބަބުން ދަރިވަރުން މިނިސްޓްރީއަށް ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭނީ ތަމްރީނު ފުރިހަމަކޮށް ނިމޭތާ 6 މަސްފަހުން ކަމަށެވެ.

މީގެ އިތުރުން އޭއޭއޭގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ބީއެމްއެލްގެ ސްޓޫޑެންޓު ލޯނުގައި ކިޔަވަމުންދާ އިތުރު ދަރިވަރުންތަކެއްގެ ލޯނުވެސް އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މީގެ ކުރިންވެސް މިނިސްޓްރީގެ މަތީ ތައުލީމާއި ތަމުރީނުގެ ލޯނު ފުރުސަތުގެ ދަށުން، އޭއޭއޭގައި ކިޔަވާ 96 ދަރިވަރެއްގެ ލޯނު އަނބުރާ ދައްކަން ފެށުމުގެ މުއްދަތު، ކޯސް ނިންމޭ މުއްދަތަށް ހެކި ލިބޭނެ ލިޔެކިޔުން ދަރިވަރުން ހުށަހެޅުމުން، ކޯސް ނިންމޭ ތާރީޚަކުން ފެށިގެން ހަ މަސް ދުވަހަށް ވަނީ ބަދަލު ކޮށްފަ އެވެ.

އޭއޭއޭގައި ކިޔަވާ ދަރިވަރުންނަށް އެކި ގޮތްގޮތުން ގެއްލުންވާތީ އެ ސުކޫލުގައި ކިޔަވާކުދިން ސަރުކާރުގެ، ކަމާގުޅުންހުރި އެކި އިދާރާތަކުގައި، އެކި ފަހަރުމަތިން ވަނީ، ކަންބޮޑުވުން ފާޅުކޮށްފަ އެެވެ.

އެގޮތުން، އެތަނުގައި މަސައްކަތް ކުރަމުންދިޔަ 14 އިންޖިނިއަރުންނާއި، ޓެކްނީޝަނުން މަގާމުތަކުން އިސްތިއުފާ ދިނުމަށްފަހު މިހާރު ރާއްޖެއިންވެސް ފުރައިގެން ގޮސްފައިވާ ކަމަށާއި، އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތް ކުރާ މީހުންނަށް ފުލް މުސާރަ ނުދޭތާވެސް އެތައްމަހެއް ވެފައިވުމުން، އެމީހުންވެސް ފްލައިން ސްކޫލް ދޫކޮށް ގޮސްދާނެކަމުގެ ބިރު އެބައޮތް ކަމަށް ދަރިވަރުން ބުނެއެވެ.

އެއަރކްރާފްޓެއް ނެތުމާއި، އިންޖިނިއަރުންނާއި، ޓެކްނީޝަނުން ފުރައިގެން ދިއުމާއި، އިންސްޓްރަކްޓަރުންނަށް މުސާރަނުދޭ މައްސަލަތަކާހެދި ފްލައިން ސްކޫލް އޮޕަރޭޝަނަލް ވާނެ ދުވަހެއްވެސް ނޭނގޭ ކަމަށް ދަރިވަރުން ބުނެއެވެ.

ފްލައިން ސްކޫލްގެ ދަރިވަރުން މިހާރު ސަރުކާރުގެ ކިބައިން އެދެމުންދަނީ، އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ރާއްޖެއިން ބޭރުކޮށް، ބޭރުގެ އެހެން ގައުމެއްގެ ފްލައިން ސްކޫލަކަށް ހުށަހަޅައިގެން ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރެވޭނެ މަގު ފަހިކޮށް ދިނުމަށެވެ.

އެކަމާގުޅޭ ޕްރޮޕޯސަލްއެއް ދަރިވަރުންގެ ފަރާތުން ސަރުކާރަށް މިހާރު ހުށަހަޅާފައިވާނޭ ކަމަށްވެސް ޔޫނިއަނުން ބުނެ އެވެ.

ފްލައިން ސްކޫލްގައި މިހާރުވެސް 180 އާއި 170 އާ ދެމެދުގެ އަދަދެއްގެ ދަރިވަރުން އެބަތިއްބެވެ.

މިއީ އެ ދަރިވަރުން ނަގާފައިވާ ލޯނުތަކަށް އިންޓްރެސްޓް އަރަމުން އަންނާތީ ހަޔަރ އެޑިއުކޭޝަންގެ ދަށަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމެވުމާއި އެއްގޮތަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއަށް މި ދަރިވަރުންގެ ލޯނު ބަދަލުވުމުން އެއްވެސް އިންޓްރެސްޓް އެ ދަރިވަރުން ދައްކާކަށް ނުޖެހޭނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.