ގުދަން، ގަރާޖު ފަދަ ތަންތަން ސިނާއީ ސަރަހައްދަށް ބަދަލުކުރުމަށް ހަދާ ސާރވޭ މި މަހު ނިމޭނެ: މޭޔަރ

މާލެ ތެރޭގައި ހުރި ގުދަން، ގަރާޖު ފަދަ ތަންތަން ސިނާއީ ސަރަހައްދަށް ބަދަލުކުރުމަށް ހަދަން ފަށާފައިވާ ސާރވޭ މި މަހު 20 ގައި ނިމޭނެ ކަމަށް މާލޭ ސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓޯލް ނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

އިޝްތިހާރު Below Header ad

މޭޔަރ ޑރ. މުއިއްޒު ވިދާޅުވީ މި ސާރވޭ ފެށީ އެއްމަސް ދުވަހުގެ ތެރޭގައި ނިންމަން ކަމަށާއި ނަމަވެސް އެ މަސައްކަތުގައި އުޅޭ މުވައްޒަފުންގެ ފަރާތުން މަޢުލޫމާތު ލިބޭ ގޮތުގައި މި ޖޫން މަހުގެ 20 ގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

އެއަށް ފަހު، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާނެ ކަމަށާއި މަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ މާލޭ އިންޑަސްޓްރިއަލް ވިލެޖުގައިވާ ކުނިތައް ސާފުކޮށް ނިމުމުން އެތަން ދެމެެއްޓެނިވި ގޮތެއްގައި ސާފުތާހިރުކަމާއެކު ބޭނުން ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސަވާނެ ކަމަށެވެ.

އެގޮތުން އެ ސަރަހައްދުގައި ޕާކު ކުރުމަށް ފީއެއް ނެގުމަށް ހަމަޖައްސާ، އެތަނަށް ވަދެ ނުތުމަށް ވަކި ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

“އަޅުގަނޑުމެން އެ ސަރަހައްދަށް ބަދަލުތަކެއް ގެނައުމަށް ވާނީ ނިންމާފަ. އަދި އެތަނުގައި ޕާކު ކުރުމަށް ފީއެއް ނެގުމަށް ވެސް ވަނީ ނިންމާފަ. ޓެކްސީ އާއި ކުދި ޕިކަޕަށް ނަގާނީ 750 ރުފިޔާ. ޕްރައިވެޓް ކާރަށް ކޮވިޑުގެ ހާލަތުގައި ނަގާނީ 1000 ރުފިޔާ. އެކަމަކު ކޮވިޑަށް ފަހު ޕްރައިވެޓް ކާރަކަށް 1500 ރުފިޔާ ނަގާނެ.” އެޓޯލް ނިއުސް ގެ ސުވާލަށް ޖަވާބު ދެއްވަމުން މޭޔަރު ވިދާާޅުވި އެވެ.

މޭޔަރ ވިދާޅުވީ އެ ސަރަހައްދުގައި ހެވީ ވެހިކަލް ޕާކު ކުރުމަށް ނަގާނެ އަގެއް އަދިނުނިންމާ ކަމަށާއި އެކަމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.