ޔޫރޯ 2020 ޓީމް ޕްރޮފައިލް- ޔޫކްރެއިން

ޔޫކްރެއިން އަކީ ޔޫރަޕްގެ ފުޓްބޯޅައިގައި މާ ފުންނާބުއުސް ގައުމެއް ނޫނެވެ. މިހާތަނަށް ޔޫރޯގެ ދެ މުބާރާތެއްގައި ވާދަކުރިނަމަވެސް ޔޫކްރެއިން ވަނީ އެ ދެ މުބާރާތުގައިވެސް ގުރޫޕް ސްޓޭޖުން ކަޓާފައެވެ. ޔޫކްރެއިން އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއް ކުޅެފައިވަނީ 2012 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގައެވެ. އެ އަހަރުގެ މުބާރާތުން އެ ގައުމަށް ފުރުސަތު ލިބުނީ ހޮސްޓުންގެ ގޮތުގައެވެ. ކޮލިފައިވެގެން އެ ގައުމު ވާދަކުރި ހަމަ އެކަނި މުބާރާތަކީ 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު މުބާރާތެވެ. މި ފަހަރުގެ ޔޫރޯ މުބާރާތަކީ އެ ޓީމު ކޮލިފައިވި ދެވަނަ މުބާރާތެވެ.

ކޮލިފައިވީ ގޮތް

އިޝްތިހާރު Below Header ad

ޔޫކްރެއިން މިފަހަރުގެ ޔޫރޯ މުބާރާތައް ކޮލިފައިވީ އެ ގައުމު ހިމެނޭ ކޮލިފައިން ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މި ގުރޫޕުގައި ޔޫކްރެއިންއާއި އެންނެ ގާތުން ވާދަކުރި މި މުބާރާތިގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އޮތީ ޔޫކްރެއިން އަށް ވުރެ ތިން ޕޮއިންޓް މަދުކޮށް ގުރޫޕުގެ ދެވާގައެވެ.
ޔޫކްރެއިން ކޮލިފައިން ގައި 8 މެޗު ކުޅުނު އިރު 6 މެޗުން ވަނީ މޮޅުވެފައެވެ. އަނެއް ދެ މެޗުން ވީ އެއްވަރެވެ. އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.

ކޯޗު


ޔޫކްރެއިންގެ ގައުމީޓީމުގެ ކޯޗަކީ އެގައުމުގެ ކުރީގެ މަޝްޙޫރު ފުޓްބޯޅަ ލެޖެންޑް އެންޑްރޫ ސެވްޗެންކޯއެވެ. އުމުރުން 44 އަހަރުގެ ސެވްޗެންކޯ ޔޫކްރެއިންގެ ގައުމީޓީމުގެ ކޯޗުކަމާއި ހަވާލުވީ 2016 ވަނަ އަހަރުގައެވެ. ގައުމީ ލެވެލްގައި މާ ބޮޑު ކާމިޔާބީތަކެއް ހޯދިފައި ނުވިނަމަވެސް ކުލަބު ލެވެލްގައި ކުޅުންތެރިއެއްގެ ހައިސިއްޔަތުން ގިނަ ބޮޑެތި ކާމިޔާބީތަކެއް އޭނާ ވަނީ ހާސިލް ކޮށްފައެވެ. ނަމަވެސް ކޯޗިން ކެރިއަރުގައި އަދި މިހާތަނަށް އެއްވެސް ކާމިޔާބެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް ސެވްޗެންކޯގެ ކޯޗުކަމުގެ ދަށުން ޔޫކްރެއިން އަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން ދާކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން އޭނާ ކޯޗުކަމާއި ހަވާލުވުމަށް ފަހު އެ އަހަރު ފްރާންސްގައި ބޭއްވުނު ޔޫރޯ މުބާރާތައް ޔޫކްރެއިން ކޮލިފައިކޮށްދިނެވެ. ޔޫކްރެއިންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސްފަހަރު ހޯދާފައިވާ ސެވްޗެންކޯ ގެ ކޯޗުކަމުގެ ދަށުން މިފަހަރުގެ މުބާރާތައްވެސް ޔޫކްރެއިން ކޮލިފައިވެފައިވާއިރު، މިއީ ސެވްޗެންކޯގެ ކޯޗުކަމުގެ ދަށުން ޔޫކްރެއިން ކުޅޭ ދެވަނަ ޔޫރޯ މުބާރާތެވެ.

ކީޕްލޭޔަރ

ruslan malinovskyi

އިޓަލީގެ އެޓަލާންޓާއަށް ކުޅެމުން އަންނަ އުމުރުން 28 އަހަރުގެ މިޑްފީލްޑަރ ރުސްލާން މަލިނޯސްކީ އަކީ މިވަގުތު ޔޫކްރެއިންގެ ޓީމުގައި ހުރި އެންމެ އިތުބާރު އެއް ކުޅުންތެރިޔާއެވެ. ނިމިގެން ދިޔަ ސީޒަނުގައި އެޓަލާންޓާގައި ރަނގަޅު ކުޅުމެއް ދެއްކި މަލިނޯސްކީ ވަނީ އެޓީމަށް 38 މެޗު ކުޅެދީ 8 ލަނޑުވެސް ކާމިޔާބުކޮށްދީފައެވެ. މަލިނޯސްކީ ޔޫކްރެއިންގެ ގައުމީޓީމަށް ކުޅެން ފެށީ 2015 ވަނަ އަހަރުގައެވެ. މިހާތަނަށް ގައުމީޓީމަށް ކުޅެދިން 33 މެޗުގައި 6 ގޯލް ޖަހާފައިވެއެވެ. މިފަހަރުގެ ޔޫރޯ މުބާރާތަށް ޔޫކްރެއިން ކޮލިފައި ކޮށް ދިނުމުގައިވެސް އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ގުރޫޕުގައި އޮތް ފުރުސަތު

މިފަހހަރުގެ ޔޫރޯ މުބާރާތުގައި ޔޫކްރެއިން ހިމެނެނީ ގުރޫޕް ސީގައެވެ. ޔޫކްރެއިންގެ އިތުރުން މި ގުރޫޕުގައި ދެން ހިމެނެނީ ނެދަލެންޑް، އޮސްޓްރިއާ އަދި ނޯތް މެސެޑޯނިއާއެވެ. މި ގުރޫޕަކީ ޔޫލްރެއިންނަށް މާ އުނދަގޫ ގުރޫޕެއް ކަމަށް ނުބެލެވެއެވެ.

ގުރޫޕް ސްޓޭޖުގައި ކުޅޭ މެޗުތައް

16 ޖޫން – ޔޫކްރެއިން – ނެދަލެންޑް
17 ޖޫން – ޔޫކްރެއިން – ނޯތް މެސެޑޯނިއާ
21 ޖޫން – ޔޫކްރެއިން – އޮސްޓްރިއާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.