ކުރިއަށް ހުރި، ތަރައްޤީގެ މަޝްރޫޢުތައް ޕްލޭންކުރާއިރު ނެޗުރަލް ކެޕިޓަލް އެކައުންޓިންގ ހިމެނުން، ސަރުކާރުގެ އަމާޒު

“އެންހޭންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތުރޫ އެންވަޔަރަންމަންޓަލީ ރެޒިލިއެންޓް އައިލެންޑްސް (އެންދެރި)” މަޝްރޫޢުގެ އިންސެޕްޝަން ވޯރކްޝޮޕް މިއަދު ބާއްވައިފިއެވެ.

މި ވަރކްޝޮޕް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ޑރ. ޢަބްދުﷲ ނަސީރެވެ.

އިޝްތިހާރު Below Header ad

“އެންދެރި” އަކީ ރާއްޖޭގެ ރަށްރަށުގެ ޤުދުރަތީ ރައުސްމާލު ވަޒަންކޮށް، މިވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނޭގޮތްތައް ކަނޑައަޅައި، މިވަސީލަތްތަކުގެ މައްޗަށް ބަރޯސާވެފައިވާ ސިނާއަތްތަކާއި އާންމު ރައްޔިތުން މިކަންކަމަށް ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި އެކުލަވާލެވިފައިވާ މަޝްރޫޢެކެވެ.

މިވަރކްޝޮޕް ފައްޓަވައިދެއްވުމުގެ ގޮތުން ޑރ. ނަސީރު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއަކީ 1994 ވަނަ އަހަރުން ފެށިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) ގެ މެމްބަރު ޤައުމެއް ކަމަށާއި ޖެފްގެ ފަރާތުން ތިމާވެށީގެ އެކި ކަންތައްތައް ކުރުމަށް އެހީ ލިބެމުންދާ ކަން ފާހަގަކުރެއްވި އެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ކަނޑާއި ވިލުގެ ދިރުމާއި ޗަސްބިންތައް ހިމާޔަތް ކުރުމާއި އެހިމާޔަތް ކުރެވޭ ތަންތަން ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރުމަކީ ދިވެހިރާއްޖޭގެ ކުރިމަގަށް މުހިންމު ކަމެއް ކަމަށާއި މި މަޝްރޫޢުގެ ދަށުން ލާމު އަތޮޅުގައި ތިމާވެށީގެ ގޮތުން މުހިންމު ސަރަހައްދުތަކެއް ހިމާޔަތްކޮށް އެސަރަހައްދުތައް ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރެވޭނޭ ކަމަށެވެ. އަދި މީހުންއުޅޭ ރަށްރަށަށް އަމާޒުކޮށް މާހައުލީ ނިޒާމްތައް މެނޭޖްކުރެވޭނެ ގޮތްތަކެއް ގާއިމް ކުރެވޭނެ ކަމަށެވެ.

Env 2

މީގެ އިތުރުން މި ޕްރޮޖެކްޓުގެ މައިގަނޑު އެއްމަސައްކަތަކީ ދުނިޔޭގެ ގިނަ ޤައުމު ތަކަކުން މިހާރު އެޑޮޕްޓް ކުރަން މަސައްކަތްކުރާ ޤުދުރަތީ ރައުސްމާލު ނުވަތަ ނެޗުރަލް ކެޕިޓަލް އެކައުންޓެއް ގާއިމް ކުރުމެވެ. މިގޮތުން ލ. އަތޮޅުގެ މާހައުލީ ނިޒާމްތައް އިޔާދަކުރުމަށާއި ވިލުން އިތުރުކުރުމަށް ބޭނުންވާނެ މައުލޫމާތާއި ޑޭޓާ މިޕްރޮޖެކްޓް ދަށުން ހޯދުމާއި، އީކޯ ސިސްޓަމް އެކައުންޓިންގ ސިސްޓަމެއް ޤާއިމުކުރުމަށް ބޭނުންވާ އެންމެހާ ކަންކަން ކުރެވޭނެ އެވެ.

ސްޓޭޓް މިނިސްޓަރ އިތުރަށް ވިދާޅުވީ، އެން. ސީ އެކައުންޓިންގ ސިސްޓަމެއް ގާއިމް ކުރުމަށް ބޭނުންވާ ފަންނީ އަދި ޓެކްނިކަލް ބޭފުޅުން ރާއްޖެގައި ނެތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި މިގޮތުން މަޝްރޫޢުގެ އަމާޒަށް ވާސިލުވުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ބިނާކުރުމުގެ ތަމްރީނުތަށްވެސް މި މަޝްރޫޢުގެ ދަށުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ޖީލުތައް މިކަމަށް އަހުލުވެރި ކުރުވުމަށް ސްކޫލްތަކާއި އެމް.އެން.ޔޫ އާއި އެކު މަސައްކަތްތައް ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޑރ. ނަސީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް ހުރި، ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއްވެސް ރާވާ ޕްލޭންކުރާއިރު ނެޗުރަލް ކެޕިޓަލް ޢެކައުންޓިން ހިމަނައި، މިކަމަށް އަހުލުވެރި މުޖުތަމައެއް ޤާއިމުކުރުން ކަމަށެވެ. އަދި އޭގެ މަންފާއާއި ފައިދާ ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތްތަކަށް (ލައިވްލިހުޑް) ލިބޭނޭގޮތް ފަހިކުރުން ކަމަށެވެ.

މިޕްރްޖެކްޓުގެ ދަށުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ޕޮލިސީތައް އިމްޕްލިމެންޓް ކުރުމަށް އެހީވެދޭނެ އެވެ. އެގޮތުން ހަތަރުވަނަ ޓުއަރިޒަމް މާސްޓަރ ޕްލޭންގައި ވާ ކަންކަމުގެ ތެރެގައި ހިމެނޭ ކުނިމެނޭޖް ކުރުމާއި، ރަށްތަށް ގިރުން ކޮށްޓްރޯލް ކުރުމާއި، ކަނޑާއި ފަޅުތައް ހިމާޔަތް ކުރުމުގެ ކަންކަން ހިމެނެ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.