ޕާލިމެންޓަރީ އިންކުއަރީއެއް ކުރިއަށް ދަނިކޮށް 241 ކޮމެޓީއަށް އިންތި ހަމަޖައްސައިފި

ޕާލިމެންޓަރީ އިންކުއަރީއެއް ކުރިއަށް ދަނިކޮށް 241 ކޮމެޓީއަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހިމަނައިފި އެވެ.

241 އަށް އެމްޑީޕީން ގެނެސްފައިވާ ބަދަލަކީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ގެ ބަދަލުގައި  އެކޮމިޓީގައި ހިމެނެއްވުމެވެ.

އިޝްތިހާރު Below Header ad

އިންތި އަކީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ފަރާތެވެ.

އިންކުއަރީގެ ބޭނުމަށްޓަކައި ސުވާލުކުރަން ޖެހޭ ފަރާތްތައް ކޮމިޓީއަށް އިއްޔެ ހާޒިރުކުރަން ފަށާަފއިވާ އިރު، އެންމެ ފުރަތަމަ ހާޒިރުވެވަޑައިގެންނެވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. އަދި އެއަށްފަހު ވަކި ވަކި ފުލުހުން ވަނީ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ އިތުރުން ސަލާމަތީ ބާރުތަކުގެ 40 އަށްވުރެ ގިނަ ފަރާތްތައް މި އިންކުއަރީގެ ބޭނުމަށްޓަކައި ކޮމިޓީއަށް ހާޒިރުކުރެވޭނެ އެވެ. ކޮމިޓީން ލަފާކުރަނީ މި އިންކުއަރީ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

އިންކުއަރީގައި ފަސް ކަމަކަށް ބަލާނެ ކަމަށް 241 ކޮމެޓީ އިން ވަނީ ބުނެފަ އެވެ. އެއީ:

1. ހަމަލާ ދިނުމުގެ ކުރިން، ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސަލާމަތީ ހިދުމަތްތަކާއި ދައުލަތުގެ އެއްވެސް އިދާރާއަކަށް ލިބިފައިވޭތޯ ދެނަގަތުން.

2. ސަލާމަތީ ބާރުތަކުން ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަކީ ކޮބާތޯ ދެނެގަތުން

3. ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަމަލު ކުރަމުންދިޔަ ގޮތް ދެނަގަތުން.

4. ފައިނޭންސް އިންޓެލިޖެންސް މައުލުމާތު އެއްކުރާ ގޮތާއި މައުލޫމާތު ލިބުމުން އަމަލުކުރާ ގޮތް ދެނަގަތުން

5. ގާނޫނީ އޮނިޑަނޑާ އެއްގޮތަށް އަމަލު ކުރަމުންދާ މިންވަރު ދެނަގަތުން.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.