އައްޑޫ ސިޓީގެ މަތިކިޅި ސަރަހައްދު ހިންގާ ބެލެހެއްޓުން އެސިޓީގެ ކައުންސިލާ ޙަވާލުކޮށްފި

އައްޑޫ ސިޓީގެ މަތިކިޅި ސަރަހައްދު ހިންގާ ބެލެހެއްޓުން އެސިޓީގެ ކައުންސިލާ ޙަވާލުކޮށްފި އެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ އެންވަޔަރްމެންޓް މިނިސްޓްރީގައި މިއަދު އެވެ.

އިޝްތިހާރު Below Header ad

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާ އެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެސިޓީގެ މޭޔަރ އަލީ ނިޒާރެވެ.

އައްޑޫ ސިޓީގެ މަތިކިޅި ސަރަހައްދު ބެލެހެއްޓުމަށް މިއަހަރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުގައި ވަނީ ހިމަނާފައެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން، ޕީއެސްއައިޕީގެ ބަޖެޓުގައި ހިމެނޭ 300،000 (ތިން ލައްކަ ރުފިޔާ) ހިމެނޭގޮތަށް މިނިސްޓްރީއިން ޕްލޭން ކޮށްފައިވާ ގޮތަށް މަތިކިޅި ސަރަހައްދު ހިންގައި، ބަލަހައްޓާ އަދި ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެއެވެ.

އައްޑޫ ސިޓީގެ މީދޫ އަދި ހުޅުދޫގެ މެދަށްވާ ގޮތަށް އޮންނަ މަތިކިޅި ސަރަޙައްދަކީ ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން 22 ސެޕްޓެންބަރު 2020 ގައި ހިމާޔަތްކޮށްފައިވާ  ޗަސްބިން ސަރަޙައްދެކެވެ.

މިސަރަޙައްދަކީ ބޮޑު ޗަސްބިމުގެ ސަރަޙައްދެއްކަމުން، ރަށަށް ވެހޭ ވާރޭ މިސަރަޙައްދަށް ފަސޭހަކަމާއެކު ހިނދިގެން ދެއެވެ. އެހެންކަމުން، މިސަރަޙައްދަކީ މިރަށުގައި ފެންބޮޑުވުމުގެ ފުރުޞަތު ކުޑަކޮށް ދިނުމުގެ ދައުރު އަދާކުރާ މުހިއްމު ސަރަޙައްދެކެވެ.

މިސަރަޙައްދުގައިވާ ގަސްގަހާގެއްސަށް ބަލާލާއިރު، ގިނަ އަދަދަކަށް ހެދިފައިވަނީ ’ކާފަރުބުރު‘ ނަމަކަށް ކިޔާ ވިނައިގެ ބާވަތެކެވެ.

މީގެ އިތުރުން މި ސަރަޙައްދުގައި ބޯކަށިކެޔޮ، ކަށިކެޔޮ، ދިއްގާ އަދި ރުއް ގިނަ ޢަދަދަކަށް ހެދިފައިވާ އިރު، މި ސަރަޙައްދަކީ ޙިމާޔަތްކޮށްފައިވާ ގިނަ ޢަދަދަކަށް ދޫނި ޒިޔާރަތްކޮށް އާލާވާ ސަރަޙައްދެކެވެ.

މިއެއްބަސްވުމުގެ ދަށުން މަތިކިޅި ސަރަޙައްދުގެ މެނޭޖްމަންޓް ޕްލޭނަށް ބޭނުންވާ އިކޯޓޫރިޒަމް އަދި އިކޯގާރޑަން ކޮންސެޕް ޑިޒައިން ތައްޔާރުކުރުމާއި މަތިކިޅި ސަރަޙައްދުގެ މެނޭޖްމަންޓް ޕްލޭން ޑްރާފްޓް ކުރުމާއި މިސަރަޙައްދުގެ ރީސްޓޮރޭޝަންއަށް ބޭނުންވާ ގޮތަށް، މިސަރަޙައްދުގައި “އިންވޭސިވް ސްޕީޝީސް” އެއް ގޮތަށް ފެތުރެމުންދާ ކާފަރު ބުރު ސާފުކުރުމާއި، މިސަރަޙައްދު މެނޭޖްކުރުމަށް ބޭނުންވާ ޓޫލްސް ގަނެވޭނެއެވެ.

މިއެއްބަސްވުމުގެ ދަށުން މަތިކިޅީގައި ކުރުމަށް ރޭވިފައިވާ ރިސްޓޮރޭޝަންގެ މަސައްކަތްތަކަކީ މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރު ކަމުގައިވާ
“Reimagine Recreate  “Restore,ނުވަތަ “މާހައުލީ ނިޒާމުތައް އިޔާދަކުރުން” މިޝިޢާރާއި ގުޅުންހުރި މަސައްކަތްތަކެވެ. މީހުން ދިރިއުޅޭ ގިނަރަށްރަށުގައި ހުރި ބައެއް ކުޅި،ފާ، ޗަސްބިން ސަރަހައްދުތަކަކީ ކޮންމެވެސް ވަރެއްގެ ރިސްޓޮރޭޝަންއެއް ނުވަތަ ރީހެބިލިޓޭޝަން އެއް ބޭނުންވާ ސަރަޙައްދުތަކެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.