ކައިވެނީގެ ފޮޓޯ އާންމުކޮށް ޔާމީ ގޯތަމް އެންމެން ސިއްސުވާލައިފި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޔާމީ ގޯތަމްގެ ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް އެންމެން ސިއްސުވާލައިފި އެވެ.

އުމުރުން 32 އަހަރުގެ ޔާމީ ކައިވެނި ކޮށްފައިވަނީ 38 އަހަރުގެ ޑައިރެކްޓަރު އަދިތްޔާ ދަރް އާއި އެވެ. އެ ދެމީހުން ކައިވެނިކޮށްފައިވަނީ އިއްޔެ އެވެ.

އިޝްތިހާރު Below Header ad

ޔާމީގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި އާންމު ކުރި ކައިވެނީގެ ފޮޓޯގައި ބުނެފައިވަނީ ކައިވެނީގެ އުފާވެރި ހަފްތާ ބާއްވާފައިވަނީ ވަރަށް ހާއްސަ ކުޑަ ރަސްމިއްޔާތަކާއި އެކު ކަމަށެވެ. އެ ހަފްލާގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާ އާއި ވަރަށް ގާތް މީހުން އެކަނިކަމަށް ޔާމީ ބުނެފައިވެ އެވެ.

އަދި ދެ މީހުންގެ ގުޅުމަށް ހުރިހާ އެންމެންގެ ފަރާތުން ހެޔޮ ދުއާ އެދޭ ކަމަށް ބުނެފައިވެ އެވެ.

އަދިތްޔާ އަކީ 2019 ވަނަ އަހަރު ރިލީޒް ކުރި ފިލްމު “އުރީ” ގެ ޑައިރެކްޓަރެވެ. އެ ފިލްމުން އޭނާއަށް ވަނީ އެ އަހަރުގެ އެންމެ ބޮޑު ޑައިރެކްޓަރުގެ އެވޯޑު ލިބިފަ އެވެ.

އެ ފިލްމުގައި ޔާމީ ފެނިގެން ގޮސްފައިވަނީ އަންޑާ ކަވާ އެޖެންޓެއްގެ ގޮތުގައި އެވެ. މިހާރު އަދިތްޔާ ޑައިރެކްޓު ކުރަމުން އަންނަ ފިލްމަކީ “އިމޯރަލްް އަޝްވަތަމާ” އެވެ.

ޔާމީގެ މަސައްކަތްތަކަށް ބަލާއިރު އެންމެ އަވަހަށް ދެން އޭނާ ފެނިގެން ދާނީ ފިލްމު “ބޫތް ޕޮލިސް” އިންނެވެ. ޔާމީގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި “ކާބިލް” އަދި “ވިކީ ޑޯނާ” ހިމެނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.