ޔޫރޯގެ ތާރީޚީ ޝަފްޙާތަކަށް ބަލާލުމެއް

ޔޫރޯގެ ތާރީޚަށް ބަލާއިރު، މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 11 އާ ހަމަޔަށް ކުރިޔަށް ދާ ޔުއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް، ޔޫރޯ 2020 އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު އީދެވެ. މި ފަހަރުގެ މުބާރާތަކީ ޔޫރޯގެ 16 ވަނަ މުބާރާތެވެ.

ޔޫރަޕުގެ ގައުމުތަކުގެ ގައުމީ ޓީމުތައް ވާދަ ކުރާ ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތެއްގެ ޚިޔާލަކީ 1927 ވަނަ އަހަރު، ފްރެންޗް ފުޓްބޯލް ފެޑެރޭޝަނުގެ ސެކްރެޓަރީ ޖެނެރަލަކަށް އެންމެ ފުރަތަމަ ވެވަޑައިގެން ހުންނެވި ހެންރީ ޑިލޯނޭ ފާޅު ކުރެއްވި ޚިޔާލެކެވެ.

އިޝްތިހާރު Below Header ad

1954 ވަނަ އަހަރު، ޔުއެފާ އުފެދުނު އިރު، ޔުއެފާގެ ފުރަތަމަ ޖެނެރަލް ސެކްރެޓަރީ އަކީ ވެސް ހެންރީ ޑިލޯނޭއެވެ. ޔުއެފާގެ ތެރެއިން ޑިލޯނޭ އާއި، ފަރަންސޭސި ނޫހެއް ކަމަށް ވާ ލެކުއިޕޭގެ ފަރާތުން ކުރަމުން ދިޔަ މަސައްކަތް ކާމިޔާބު ވެ، ޔޫރަޕުގެ ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތެއްގެ ޚިޔާލަށް އަމަލީ ސިފަ އަންނާން ފެށީ، ހެންރީ ޑިލޯނޭ އަވަހާރަ ވިތާ 3 އަހަރު ފަހުން، 1958 ވަނަ އަހަރުއެވެ. ޑިލޯނޭ އަވަހާރަ ވުމަށް ފަހު، ޔޫރަޕުގެ ފުޓުބޯޅަ މުބާރާތެއްގެ ޚިޔާލާއިގެން އެންމެ ބުރަ މަސައްކަތްތަކެއް ކުރެއްވި އެއް ބޭފުޅަކީ އޭނާގެ ދޮށީ ދަރިކަލުން، ޕިއެރޭ ޑިލޯނޭއެވެ. މުބާރާތުގެ ތަށި ފަރުމާ ކުރެއްވީ ވެސް ޕިއެރޭ ޑިލޯނޭއެވެ.

ގިނަ ބައެއްގެ ބުރަ ބޮޑު މަސައްކަތާ އެކު، ޑިލޯނޭގެ ހުވަފެން ހަގީގަތަކަށް ވެ، ފުރަތަމަ ޔޫރޯ މުބާރާތް ބޭއްވުނީ 1960 ވަނަ އަހަރު ފްރާންސްގައެވެ. ފުރަތަމަ ޔޫރޯ މުބާރާތާއި އެކު އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވާ އެ މުބާރާތުގެ ތަށްޓަށް ނަން ދީފައިވަނީ ވެސް “ހެންރީ ޑިލޯނޭ ކަޕް” ގެ ނަމުންނެވެ.

1960 ވަނަ އަހަރުގެ މުބާރާތުގެ ޕްރީ-ފައިނަލް ސްޓޭޖުތަކުގައި 17 ޓީމެއް ވާދަ ކުރިއެވެ. ނަމަވެސް ޔޫރަޕުގެ ބޮޑެތި ބާރުތަކުގެ ތެރެއިން އިނގިރޭސި ވިލާތާއި، ނެދަރލޭންޑްސް އާއި، ހުޅަނގު ޖަރުމަނާއި އިޓަލީ މުބާރާތުގައި ބައިވެރިއެއް ނުވެއެވެ. ހަތަރު ޓީމު ވާދަ ކުރި ފައިނަލް ސްޓޭޖުގެ ވަކި ހިސާބަކުން، ސްޕޭން ވެސް މުބާރާތުން ވަކި ވިއެވެ. ސްޕޭން ވަކި ވުމުން، ސެމީ ފައިނަލް ނުކުޅެ، ފައިނަލަށް ގޮސް މުބާރާތް ކާމިޔާބު ކުރީ އެއިރުގެ ރޫސީ ވިލާތެވެ.

1960 ވަނަ އަހަރުން ފެށިގެން 1980 ވަނަ އަހަރާ ހަމަޔަށް، ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ފައިނަލް ސްޓޭޖުގައި ވާދަ ކުރަމުން އައީ 4 ޓީމެވެ. އޭގެ ކުރީގެ ސްޓޭޖުތަކުގައި ކުޅޭ ޓީމުތަކުގެ އަދަދު ދޭތެރެއަކުން އިތުރު ވަމުން އައެވެ. 1980 ވަނަ އަހަރުގެ މުބާރާތާ އެކު، ފައިނަލް ސްޓޭޖުގައި ކުޅޭ ޓީމުތަކުގެ އަދަދު 8 އަށް އިތުރު ކުރެވުނެވެ. 1996 ވަނަ އަހަރު، ޓީމުތަކުގެ އަދަދު 16 އަށް އިތުރު ކުރެވުނެވެ. މި ފަހަރު ޔޫރަޕުގެ 11 ގަުމެއްގައި ބާއްވާ މުބާރާތަކީ 24 ޓީމު ވާދަ ކުރާ ގޮތަށް ބާއްވާ ފުރަތަމަ މުބާރާތެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ނަން ވެސް ވަނީ ބަދަލު ވެފައެވެ. 1960ގައި، މުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ “ޔޫރަޕިއަން ނޭޝަންސް ކަޕް” ގެ ނަމުގައެވެ. މި ނަމުގައި 1964 ވަނަ އަހަރު ވެސް މުބާރާތް ބޭއްވުނެވެ. 1968 ގައި މުބާރާތް ބޭއްވުނީ “ޔޫރަޕިއަން ފުޓްބޯލް ޗެމްޕިއަންޝިޕް” އަށް ބަދަލު ކޮށްގެންނެވެ. އެއިރުއްސުރެ މިހާތަނަށް ވެސް އެނަން ބޭނުން ކުރެވެމުން އަންނަ އިރު، މުބާރާތުގެ ނަން އާއްމުކޮށް ކިޔަން ފަސޭހައަކަށް “ޔޫރޯ” މި ނަމުގެ ފަހަތަށް މުބާރާތް ބާއްވާ އަހަރު އިތުރު ކޮށްގެންނެވެ.

ޔޫރޯގެ 15 މުބާރާތް މިހާތަނަށް ބޭއްވިފައި ވާ އިރު، މިއިން ކޮންމެ ފަހަރަކު ވެސް ހަނދާނުގެ ބޯޑުގައި ލިޔެލުން ހައްގު ކަންތައްތައް ހިނގައިފައި، ނުވަތަ ފެނިގެން ގޮސްފައި ވެއެވެ. އެ ކަންތައްތަކަށް ބަލައިލަމާ ހިނގާށެވެ.

ޔޫރޯ 1960

މުބާރާތް ބޭއްވުނު ގައުމު: ފްރާންސް

މުބާރާތް ކާމިޔާބު ކުރި ގައުމު: ސޯވިއެޓް ޔޫނިއަން

މުބާރރާތުގެ ފައިނަލްގައި ކުޅުނު ދެ ޓީމް: ސޯވިއެޓް ޔޫނިއަން އަދި ޔޫގޯސްލޭވިއާ

ޔޫރޯ 1964

މުބާރާތް ބޭއްވުނު ގައުމު: ސްޕެއިން

މުބާރާތް ކާމިޔާބު ކުރި ގައުމު: ސްޕެއިން

މުބާރާތުގެ ފައިނަލްގައި ކުޅުނު ދެ ޓީމް: ސްޕެއިން އަދި ސޯވިއެޓް ޔޫނިއަން

ޔޫރޯ 1968

މުބާރާތް ބޭއްވުނު ގައުމު: އިޓަލީ

މުބާރާތް ކާމިޔާބު ކުރި ގައުމު: އިޓަލީ

މުބާރާތުގެ ފައިނަލްގައި ކުޅުނު ދެ ޓީމް: އިޓަލީ އަދި ޔޫގޯސްލޭވިއާ

ޔޫރޯ 1972

މުބާރާތް ބޭއްވުނު ގައުމު: ބެލްޖިއަމް

މުބާރާތް ކާމިޔާބު ކުރި ގައުމު: ވެސްޓް ޖާމަނީ

މުބާރާތުގެ ފައިނަލްގައި ކުޅުނު ދެ ޓީމް: ވެސްޓް ޖާމަނީ އަދި ސޯވިއެޓް ޔޫނިއަން

ޔޫރޯ 1976

މުބާރާތް ބޭއްވުނު ގައުމު: ޔޫގޯސްލޭވިއާ

މުބާރާތް ކާމިޔާބު ކުރި ގައުމު: ޗެކްރިޕަބްލިކް

މުބާރާތުގެ ފައިނަލްގައި ކުޅުނު ދެ ޓީމް: ޗެކްރިޕަބްލިމް އަދު ވެސްޓް ޖާމަނީ

ޔޫރޯ 1980

މުބާރާތް ބޭއްވުނު ގައުމު: އިޓަލީ

މުބާރާތް ކާމިޔާބު ކުރި ގައުމު: ވެސްޓް ޖާމަނީ

މުބާރާތުގެ ފައިނަލްގައި ކުޅުނު ދެ ޓީމް: ވެސްޓް ޖާމަނީ އަދި ބެލްޖިއަމް

ޔޫރޯ 1984

މުބާރާތް ބޭއްވުނު ގައުމު: ފްރާންސް

މުބާރާތް ކާމިޔާބު ކުރި ގައުމު: ފްރާންސް

މުބާރާތުގެ ފައިނަލްގައި ކުޅުނު ދެ ޓީމް: ފްރާންސް އަދި ސްޕެއިން

ޔޫރޯ 1988

މުބާރާތް ބޭއްވުނު ގައުމު: ވެސްޓް ޖާމަނީ

މުބާރާތް ކާމިޔާބު ކުރި ގައުމު: ނެދްލެންޑް

މުބާރާތުގެ ފައިނަލްގައި ކުޅުނު ދެ ޓީމް: ނެދަލެންޑް އަދި ސޯވިއެޓް ޔޫނިއަން

ޔޫރޯ 1992

މުބާރާތް ބޭއްވުނު ގައުމު: ސްވިޑަން

މުބާރާތް ކާމިޔާބު ކުރި ގައުމު: ޑެންމާކް

މުބާރާތުގެ ފައިނަލްގައި ކުޅުނު ދެ ޓީމް: ޑެންމާކް އަދި ޖާމަނީ

ޔޫރޯ 1996

މުބާރާތް ބޭއްވުނު ގައުމު: އިންގްލެންޑް

މުބާރާތް ކާމިޔާބު ކުރި ގައުމު: ޖާމަނީ

މުބާރާތުގެ ފައިނަލްގައި ކުޅުނު ދެ ޓީމް: ޖާމަނީ އަދި ޗެކްރިޕަބްލިކް

ޔޫރޯ 2000

މުބާރާތް ބޭއްވުނު ގައުމު: ބެލްޖިއަމް- ނެދަލެންޑް

މުބާރާތް ކާމިޔާބު ކުރި ގައުމު: ފްރާންސް

މުބާރާތުގެ ފައިނަލްގައި ކުޅުނު ދެ ޓީމް: ފްރާންސް އަދި އިޓަލީ

ޔޫރޯ 2004

މުބާރާތް ބޭއްވުނު ގައުމު: ޕޯޗުގަލް

މުބާރާތް ކާމިޔާބު ކުރި ގައުމު: ގްރީސް

މުބާރާތުގެ ފައިނަލްގައި ކުޅުނު ދެ ޓީމް: ގްރީސް އަދި ޕޯޗުގަލް

ޔޫރޯ 2008

މުބާރާތް ބޭއްވުނު ގައުމު: އޮސްޓްރިއާ- ސްވިޒްލެންޑް

މުބާރާތް ކާމިޔާބު ކުރި ގައުމު: ސްޕެއިން

މުބާރާތުގެ ފައިނަލްގައި ކުޅުނު ދެ ޓީމް: ސްޕެއިން އަދި ޖާމަނީ

ޔޫރޯ 2012

މުބާރާތް ބޭއްވުނު ގައުމު: ޕޮލަންޑް- ޔުކްރެއިން

މުބާރާތް ކާމިޔާބު ކުރި ގައުމު: ސްޕެއިން

މުބާރާތުގެ ފައިނަލްގައި ކުޅުނު ދެ ޓީމް: ސްޕެއިން އަދި އިޓަލީ

ޔޫރޯ 2016

މުބާރާތް ބޭއްވުނު ގައުމު: ފްރާންސް

މުބާރާތް ކާމިޔާބު ކުރި ގައުމު: ޕޯޗުގަލް

މުބާރާތުގެ ފައިނަލްގައި ކުޅުނު ދެ ޓީމް: ޕޯޗުގަލް އަދި ފްރާންސް

އިތުރު މައުލޫމާތް

ޔޫރޯގެ ފުރަތަމަ މެޗު ކުޅެވުނީ ރޫސީ ވިލާތުގެ ވެރިރަށް މޮސްކޯގެ ޒެންޓްރާލްނީ ލެނިން ސްޓޭޑިޔަމުގައި، 1958 ގެ ސެޕްޓެންބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެ މެޗު ބަލަން 100572 މީހުން ދަނޑަށް ވަނެވެ. އެ މެޗުގެ 4 ވަނަ މިނިޓުގައި، ރޫސީ ވިލާތުގެ އެނަޓޮލީ އިލްޔިން ކާމިޔާބު ކުރި ލަނޑަކީ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ ލަނޑެވެ. އެ މެޗު 3-1 އިން ރޫސީން ކާމިޔާބު ކުރީ ހަންގޭރީ ބަލިކޮށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.