މާ ގިނައިން ކަރާ ނުކާތި، އެއީ ގެއްލުން ހުރި ކަމެއް: ދިރާސާ

ކަރާއަކީ އަހަރެމެންގެ ތެރޭގައި ވަރަށް އާންމު މޭވާއެކެވެ. އަނގަޔަށް މީރު ގިނައިން ކައި އުޅޭ މޭވާއެއްވެސް މެއެވެ. ކަރައަކީ އޭގެ ޒާތުގައި ކިތަންމެ މީރު އަދި ގިނަ ފައިދާތަކެއް އެކުލެވިގެންވާ މޭވާއެއްކަމުގައި ވީނަމަވެސް ކޮންމެ އެއްޗަކީވެސް އެ ބޭނުން ކުރަންވާ މިންވަރަށް ވުރެ ގިނައިން ބޭނުން ކުރެވިއްޖެނަމަ ހަށިގަނޑަށް ނުރައްކަލަކަށް ވެދާނެ އެއްޗެކެވެ.

ކަރައަކީ “ލައިކޯޕީން” ކިޔާ މާއްދާއެއް އެކުލެވިގެންވާ މޭވާއެކެވެ. “ލައިކޯޕީން’ އަކީ ހިތުގެ މަސައްކަތްތަށް ރަނގަޅުކޮށްދޭ، ކެންސަރުގެ ބަލި ތަކަށް އެހީ ވެދޭ ޕިގްމެންޓެކެވެ. އެހެން ނަމަވެސް ސިއްޚީ މާހިރުން ވިދާޅުވާ ގޮތުގައި ކަރާ ކާން ޖެހޭނީ ދުވާލެއްގެ މައްޗަށް 30 މިލިގްރާމްއެވެ. 30 މިލިގްރާމަށްވުރެ ގިނައިން ކަރާ ބޭނުން ކުރާނަމަ ހަށިގަނޑަށް އެކަމުން ގެއްލުންތަކެއް ވާއެއްޗެއް ކަމަށް ވެސް ސިއްޚީ މާހިރުން ވިދާޅުވެއެވެ.

އިޝްތިހާރު Below Header ad

ސިއްޚީ މާހިރުންގެ ހޯދުންތަކުން އެނގޭ ގޮތުގައި ހަށިގަނޑުގައި ލޭދަށް މީހުން މާ ގިނައިން ކަރާކެއުން ރަނގަޅެއް ނޫނެވެ. އެފަދަ މީހުން ގިނައިން ކަރާ ކެއުމާއި ދުރުހެލިވާން ޖެހެއެވެ. ނޫނީ އެފަދަ މީހުން ކަރާކެއުން އެއްކޮށް ހުއްތާލަން ޖެހެއެވެ. ސަބަބަކަމަށް ސިއްޚީ މާހިރުން ވިދާޅުވެފައިވަނީ އޭގެ ސަބަބުން ބްލަޑް ޕްރެޝާ ވަރަށް ބޮޑަށް ދަށްވާތީއެވެ.

އަޅުގަނޑުމެންގެ ތެރެއިން އެންމެންނަކީވެސް ވީހާވެސް ފައިދާ ހުންނަ ކާނާ ކެވޭތޯ ބަލާ، ބަރުދަން ލުއިކުރަން ބޭނުންވާ ބައެކެވެ. ބަރުދަން ލުއިކުރުމަށްޓަކައި ވީހާވެސް ގިނައިން މޭވާ އާއި ތަރުކާރީ ކެވޭތޯ ބަލާ ބައެކެވެ. އެހެންނަމަވެސް ކިތަންމެ ފައިދާއެއް ލިބިގެން ވާކަމުގައި ވީނަމަވެސް ކޮންމެ އެެއްޗަކީވެސް ލިމިޓުން ބޭރުވެއްޖެ ހިނދެއްގައި ގެއްލުމެއް ނުވެ ނުދާނެ އެއްޗެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 4 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. އަހުންނަށް ހީވަނީ ލިޔުމުގައި 30 ގްރާމް ކަމަށްވަނީ ކުށެއްހެން . 30ގްރާމްއަކީ ހާދަ ކުޑަ އެތިކޮޅެކޭ.

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.