އޮލިމްޕިކްސްގައި ރާއްޖެއިން ވާދަކުރާ ފުރަތަމަ އަންހެން ބެޑްމިންޓަން އެތްލީޓަކަށް ފާތިމަތު ނަބާހާ!

އޮލިމްޕިކްސްގައި ރާއްޖެއިން ވާދަކުރާ ފުރަތަމަ އަންހެން ބެޑްމިންޓަން އެތްލީޓަކަށް ފާތިމަތު ނަބާހާ ހަމަޖެހިއްޖެ އެވެ.

ޖަޕާންގެ ޓޯކިއޯގައި މިއަހަރު ބޭއްވުމަށް ތައްޔާރުވަމުން އަންނަ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު މީގެ ކުރިން ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމުގެ ކުޅުންތެރިއަކަށް ލިބިފައެއް ނުވެއެވެ.

އިޝްތިހާރު Below Header ad

މިއީ ބެޑްމިންޓަންގެ ތާރީޚުގައި އަންހެން ބެޑްމިންޓަން ކުޅުންތެރިންއަކަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

މިއަހަރުގެ އޮލިމްޕިކްސްއިން ނަބާހާއަށް މި ފުރުސަތު ލިބިފައިވަނީ ޓްރައިޕާޓައިޓް ސްލޮޓެއްގަ އެވެ. އެއީ ބައިނަލްއަޤްވާމީ ރޭންކިން ގައި ނަބާގެ ޕޮއިންޓާއި އޮލިމްޕިކް ސްކޮލަރޝިޕްގެ ދަށުން ކުރިއަށް ގެންދިޔަ ތަމްރީންތަކާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި އިންޓަރނޭޝަނަލް ފެޑެރޭޝަންތައް ގުޅިގެން ކުރި މަސައްކަތުން ނެވެ.

ނަބާހާއަށް މިލިބުނު ފުރުސަތާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ރާއްޖޭގައި އުފެދުނު އެންމެމޮޅު ބެޑްމިންޓަން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަޖުފާން ރަޝީދު ބުނީ މިއީ ނަބާ ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މިކަމުން ދައްކުވައިދެނީ ރާއްޖޭގެ އަންހެން ބެޑްމިންޓަން ކުޅުންތެރިންނަށްވެސް އެންމެ މަތީ ފަންތީގައި ކުޅެވޭނެކަން ކަމަށެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުބާރާތްތަކުގައި ބެޑްމިންޓަނުން ރާއްޖެއަށް ރަން ވަނަތަކެއް ހާސިލުކޮށް، ރާއްޖޭގެ އެއްނަމްބަރު ބެޑްމިންޓަން ކުޅުންތެރިޔާގެ މަގާމު އެތައް ފަހަރަކު ހޯދާފައިވާ އަޖުފާން ބުނީ މި ފުރުސަތަކީ ނަބާއަށް ލިބުނު ވަރަށް ރަގަނޅު ރަނުގެ ފުރުސަތެއް ކަމަށެވެ.

ނަބާހާ ވަނީ އިންޓަރނޭޝަނަލް ބެޑްމިންޓަން ފެޑަރޭޝަން ޤަބޫލްކުރާ މުބާރާތަކުން މީގެ ކުރިން ވެސް ރާއްޖެއަށް ދެ ރަން މެޑަލް  ހޯދައިދީފަ އެވެ. އެއީ 2019 ވަނަ އަހަރު ޕާކިސްތާންގައި ކުރިއަށްދިޔަ ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަރނޭޝަނަލް ސީރީސްގެ މިކްސް ޑަބަލްސް އިވެންޓުން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.