ޔޫރޯ 2020 ޓީމް ޕްރޮފައިލް: ސްވިޑަން

ޔޫރަޕްގެ ފުޓްބޯޅަ ތާރީޚަށް ބަލާއިރު، ސްވިޑަންއަކީ ޔޫރަޕުގެ ފެންވަރުގައި މާބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާ ގައުމެއް ނޫނެވެ. ސްކެންޑިނޭވިއާ ސަރަހައްދަށް ނިސްބަތްވާ ސްވިޑަން އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއްގައި ވާދަކުރީ ހޮސްޓުންގެ ގޮތުގައި 1992 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މުބާރާތުގައެވެ. ޔޫރޯގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީވެސް ސްވިޑަންއިން ހޯދާފައިވަނީ މި މުބާރާތުގައެވެ. އެގޮތުން އެ މުބާރާތުގެ ސެމީފައިނަލްގައި އެގައުމު ވަނީ ކުޅެފައެވެ.

 1960 ވަނަ އަހަރުން ފެށިގެން 1996 ވަނައަހަރާއި ހަމައަށް ކުޅުނު އެއްވެސް ޔޫރޯ ފުޓްބޯޅަ މުބާރާތަކަށް ސްވިޑަން ކޮލިފައި ވެފައެއް ނުވެއެވެ. އެގައު ކޮލިފައިން ކުޅެގެން އެންމެ ފުރަތަމަ ކޮލިފައިވެފައިވަނީ 2000 ވަނަ އަހަރު ބޭއްވުނު ޔޫރޯ މުބާރާތުގައެވެ. އޭގެ ފަހުން މިހާތަނަށް ބޭއްވުނު ހުރިހާ މުބާރާތެއްގައިވެސް ގަވައިދުން ސްވިޑަަން އަންނަނީ ވާދަކުރަމުންނެވެ. ފުޓްބޯޅައިގައި ސްވިޑަންގެ ނަމާ އެންމެ ބޮޑަށް ގުޅިފައިވަނީ މަޝްހޫރު ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗެވެ. 2016 ވަނަ އަހަރު ބޭއްވުނު ޔޫރޯ މުބާރާތައް ފަހު ރިޓަޔަކުރި ފޯވާޑް އިބްރަހިމޮވިޗް އަލުން ގައުމީޓީމަށް ކުޅެން ނިމާ މިފަހަރުގެ ޔޫރޯ ސްކޮޑަށް ނެގިނަމަވެސް އަނިޔާގެ ސަބަބުން އޭނާ މި ފަހަރުގެ މުބާރާތުން ނުފެންނާނެ އެވެ.

އިޝްތިހާރު Below Header ad

ކޮލިފައިވި ގޮތް

ކޮލިފައިންގެ ގުރޫޕް އެފް އިން ސްވިޑަން އަށް ލިބުނީ ދެ ވަނަ އެވެ. މި ގުރޫޕްގެ އެއްވަނާގައި އޮތް ސްޕެއިންއަށް ވުރެ ހަތަރު ޕޮއިންޓު މަދުން 21 ޕޮއިންޓް ލިބިގެންނެވެ. ކޮލިފައިންގައި ސްވިޑަން 10 މެޗު ކުޅުނުއިރު، 6 މެޗުން ވަނީ މޮޅުވެފައެވެ. 3 މެޗު އެއްވަރުވިއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ.

ކޯޗު

Jan Andersson

ޖަން އެންޑަސް އަކީ ސްވިޑަންގެ ފުޓްބޯޅައިގެ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކޯޗެކެވެ. އުމުރުން 58 އަހަރުގެ އެންޑަސަން ސްވިޑަންގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރެވެ. އެންޑަސަން ވަނީ މިހާތަނަށް ސްވިޑަންގެ ހަތް ކްލަބަކަށް އިރުޝާދު ދީފަ އެވެ. އެންޑަސަންގެ އިރުޝާދުގެ ދަށުން ސްވިޑަންގެ ނަތީޖާތައް ވަނީ ރަނގަޅުވެފަ އެވެ.

މުހިންމު ކުޅުންތެރިން

EherOI4VgAAE01h

އެމިލް ފޮސްބާގް: އެމިލް ފޮސްބާގަކީ ސްވިޑަންގެ ޓީމުގައި މި ވަގުތު ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އެވެ. ސްވިޑަންގައި ކެރިއަރު ފެށި ފޮސްބާގް ޔޫރަޕްގައި ފާހަގަވާން ފެށީ 2015 ވަނަ އަހަރު ޖަރުމަންގެ އާރްބީ ލިޕްޒިގަށް އޭނާ ބަދަލުވި ފަހުންނެވެ. ލިޕްޒިގްގައި އޭނާ ދައްކަމުންދާ ކުޅުމާ އެކު ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގެ ސަމާލުކަން އޭނާ އަށް ވަނީ އަމާޒުވެފަ އެވެ. ފޮސްބާގް ޤައުމީ ޓީމަށް ކުޅެން ފެށީ 2014 ވަނަ އަހަރެވެ. ޒަލަޓަން އިބްރަހިމޮވިޗް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން ސްވިޑަންގެ ކެޕްޓަން ބޭންޑް ލިބުނީ އަންދްރެއަސް ގްރަންކްވިސްޓަށެވެ. އުމުރުން 29 އަހަރުގެ ޑިފެންޑަރު ވަނީ ގައުމީ ޓީމަށް 57 މެޗު ކުޅެދީފަ އެވެ. އޭނާ އަކީ ކްލަބް ލެވެލްގައި މާ މަތީ ފަންތީގެ ޓީމުތަކަށް ކުޅެފައިވާ ކުޅުންތެރިއެއް ނޫނެވެ. އިންގްލެންޑުގެ ވިގަން އެތުލެޓިކާއި އިޓަލީގެ ޖެނޯއާ އަށް ކުޅުމަކީ އޭނާގެ ކެރިއަރުގެ އުސްއައްޔެވެ. އެކަމަކު އޭނާ އަކީ ސްވިޑަން ގައުމީ ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެކެވެ. ހުނަރުވެރި ޑިފެންޑަރެއްގެ އިތުރުން ކެޕްޓަނެއްގެ ހައިސިއްޔަތުންނެވެ.

ޑެޔަން ކުލުސެސްކީ: ކުލުސެސްކީ އަކީ މިވަގުތު ސްވިޑެންގައި ހުރި އެންމެ ޒުވާން އެއް ފޯވާޑެވެ. އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ މި ކުޅުންތެރިޔާ ވަނި ނިމިގެން ދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ނިމިގެން ދިޔަ ސީޒަނުގައި ޔުވެންޓަސްއަށް ކުޅުނު 47 މެޗުގައި 7 ގޯލު ޖަހާފައިވެއެވެ. 2019 ވަނަ އަހަރު ސްވިޑަންގެ ގައުމީޓީމަށް ކުޅެން ފެށި ކުލުސެސްކީ ވަނީ ސްވިޑަންގެ ގައުމީޓީމަށް 12 މެޗު ކުޅެދީ އެއް ލަނޑު ޖަހާފައެވެ. މިފަހަރުގެ ޔޫރޯ މުބާރާތަކީ ކުލުސެސްކީ ސްވިޑަން ގައުމީޓީމުގެ ޖާޒީގައި ކުޅޭ ފުރަތަމަ ބޮޑު މުބާރާތެވެ.

ގްރޫޕުގައި އޮތް ފުރުސަތު

މިފަހަރުގެ ޔޫރޯ މުބާރާތުގައި ސްވިޑަން ހިމެނެނީ ސްޕެއިންއާއި ޕޮލަންޑް އާއި ސްލޮވާކިއާއާއި އެއް ގްރޫޕެއްގަ އެވެ. ގިނަ ބަޔެއްގެ ނަޒަރުގައި ސްޕެއިން ފަސޭހަކަމާ އެކު މި ގުރޫޕުގެ އެއް ވަނަ ހޯދާނެ އެވެ. ދެ ވަނަ މަގާމަށް ވާދަކުރަން އަނެއް ތިން ޓީމު އޮތްއިރު ފުރުސަތު ބޮޑީ ޕޮލަންޑް އަށް ކަމަށް ލަފާކުރެވެ އެވެ. ޒަލަޓާން އިބްރަހިމޮވިޗް ފަދަ ކުޅުންތެރިއަކު ނެތުމާ އެކު ސްވިޑަން އަށް މި ފަހަރުގެ މުބާރާތުގައި މާބޮޑު ފުރުސަތެއް އޮތް ކަމަށް ތަޖުރިބާކާރުން ނުދެކެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.