ކަރީނާ “ނިއު ނޯމަލް”ގައި ޕޯސްޓުކުރި އާ ފޮޓޯއިން އެންމެން ހައިރާން ކޮށްލައިފި

ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު މިއަދު އިންސްޓަގްރާމަށް ދޫކޮށްލި ފޮޓޯއަކުން އެންމެން ހައިރާން ކޮށްލައިފި އެވެ.

އަބަދުވެސް ހަށިގަނޑަށް ވަރަށް ބަލާ ކަރީނާ ފާހަގަވަނީ ބަނޑުބޮޑުވުމަށް ފަހު ވިހެއުމާއި ހަމައަށް އެއްވެސް ވަރަކަށް ހަށިގަނޑުގެ ބައްޓަމަށް ސަމާލުކަން ނުދޭ މީހެއްގެ ގޮތުގައި އެވެ. އެގޮތުން އޭނާ ބައެއް އިންޓަވިއުތަކުގައި ބުނެފައިވާ ގޮތުގައި ބަލިވެ އިންނަކަން އެނގޭ ހިސާބުން ބޭނުން ކޮންމެ އެއްޗެއް ކައިގެންް ބަނޑު ފުރައިގެން ހުރެވޭތޯ އަބަދުވެސް ބަލާ ކަމަށެވެ.

އިޝްތިހާރު Below Header ad

އެކަމަކު އެންމެ ހައިރާންވާ ކަމަކީ ވިހަތާ ދެތިން މަހުގެ ތެރޭގައި އޭނާގެ ހަށިގަނޑަށް ގެންނަ ބަދަލުންނެވެ. ދެވަނަ ދަރިފުޅު ވިހޭފަހުންް މިހާތަނަށް ފެނުނު ހުރިހާ ފޮޓޯއެއްގައިވެސް ކަރީނާ ފެންނަނީ ވަރަށް ފަލަކޮށެވެ.

އެހެންވެ މިއަދު އިންސްޓަގްރާމަށް ދޫކޮށްލި ފޮޓޯއިން އެންމެންނަށް ވަނީ ވަރަށް ބޮޑު ހައިރާން ކަމެއް ލިބިފަ އެވެ. އަދި ފޮޓޯގައި ކަރީނާ ރީތިކަމާއި ހަށިގަނޑު ލޫޅާފަތިވަމުން އަންނަ ވަރު ސަޕޯޓަރުން ފާހަގަ ކޮށްފައިވެ އެވެ.

އަދި ވިހޭފަހުން ހަށިގަނޑު ލޫޅާގފަތި ކުރަން އޭނާ ވަރަށް ބޮޑަށް މިދިޔަ ދެ ތިން މަހުގެ ތެރޭގައި މަސައްކަތް ކޮށްފައި ހުރި ކަން އެނގެ އެވެ. ކަރީނާ ދެވަނަ ދަރިފުޅު ވިއެހީ މިދިޔަ ފެބްރުއަރީ މަހުގެ21 ވަނަ ދުވަހު އެވެ

ކަރީނާ އެ ފޮޓޯ ހިއްސާ ކުރުމަށް ފަހު ބުނެފައިވަނީ ލޯގަނޑުން ފެންނަ މީހާ ލޯގަނޑުން ފެންނަ ވަރަށްވުރެ ހުރީ ކައިރީގައި ކަމަށެވެ. އެހެން ކަމުން އެންމެންވެސް ނިއު ނޯމަލްގައި އިޖްތިމާއީ ގައިދުރުކަން ބަހައްޓަން ކަރީނާ އެދިފައިވެ އެވެ.

ކަރީނާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ބަނޑުބޮޑުވުމުގެ ކުރިން ރިލީޒްކުރި ފިލްމު “އަންގްރޭޒީ މީޑިއަމް” އިންނެވެ. އެ ފިލްމުގައި ކަރީނާ އާއި އެކު ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ކެންސަރު ބަލީގައި މަރުވި އިރުފާން ހާނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.