ފޭސްބުކް އަދި އިންސްޓަގްރާމުގައި ލައިކްދެނީ ކާކުކަން ނޭނގޭގޮތް މިހާރު ހެދޭނެ

ފޭސްބުކް އަދި އިންސްޓަގްރާމުގައި ލައިކްދެނީ ކާކުކަން ނޭނގޭގޮތް ހެދުމުގެ އިޚްތިޔާރު ދީފި އެވެ.

ފޭސްބުކް އިން ބުނެފައިވަނީ އެމީހެއްގެ އަމިއްލަ ޕޯސްޓުތަކަށާއި އެހެން މީހުންގެ ޕޯސްޓުތަކުގެވެސް ލައިކްސްގައި އެމީހަކު އެނގެން ބޭނުން ނުވާ ނަމަ އެކަން ފޮރުވާލެވޭނެ ކަމަށެވެ.

އިޝްތިހާރު Below Header ad

އިންސްޓަގުރާމުގައި ލައިކް ފޮރުވޭ ގޮތަށް ޓެސްޓުކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި ލައިކް ކައުންޓު ފޮރުވައިގެން މީހުން ދެކޭ ގޮތް ވަރަށް ރަނގަޅަށް ބަލާފައިވާ ކަމަށް ވެސް ފޭސްބުކް އިން ބުންޏެވެ.

އެގޮތުން ގިނަ މީހުންނަށް ލައިކް ދޭ އަދަދު ނުފެންނާތީ މާ ފަސޭހަ ކަމަށް ގިނަ މީހުން ބުނެފައިވާ އިރު، އިޚްތިޔާރަށް މިކަން ދޫކޮށްލީ ސޯޝަލް މީޑިއާގައި ޓްރެންޑު ވާ ކަންކަން ބަލައި ހޯދުމަށް ލައިކުގެ އަދަދު ފެންނަން ނެތުމުން އުނދަގޫވާކަމަށް ބައެއް މީހުން ފާހަގަކޮށްފައިވާތީ ކަމަށް ވެސް ފޭސްބުކް ގައި ބުނެފައި ވެއެވެ.

އެގޮތުން މިހާރުވެސް ޕޯސްޓުތަކާއި މެސެޖުތައް އަދި ނިއުސްފީޑުތައް ފިލްޓަރ ކުރުމުގެ އިޚްތިޔާރާއި ކޮންޓްރޯލް ދިނުމުގެ ގޮތުން ފީޑް ފިލްޓަރ ބާރ، ފޭވަރިޓް ފީޑުތައް އަދި ކޮމެންޓުކުރުމުގެ އިޚްތިޔާރު އެމީހަކު ބޭނުންވާ މީހުންނަށް އެކަނި ދެވޭނެ ފީޗަރތައް ވެސް ހިމަނާފައިވާ ކަމުގައި އެފަރާތުން ވަނީ ބުނެފައެވެ.

އިންސްޓަގުރާމުން ބުނެފައިވަނީ މީގެ ސަބަބުން ލައިކު ލިބޭނެ އަދި ނުލިބޭނެ އަދަދާއި ދޭތެރޭ ނުވިސްނައި ފޮޓޯ އަދި ވީޑިއޯ ހިއްސާކުރުމަށް އެމީހަކަށް ސަމާލުކަން ދެވޭނެ ކަމަށެވެ. އަދި ޕޯސްޓެއް ޝެއަރ ކުރުމުގެ ކުރިން ”ހައިޑް ލައިކް ކައުންޓްސް” ޚިޔާރު ކުރެވޭނެ ކަމަށާއި ސެޓިންގްއިން އޮން އޯފް ބޭނުން ކޮންމެ އިރެއްގައި ޚިޔާރުކުރުމުގެ އިޚްތިޔާރު މިހާރުލިބޭނ ެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 2 ޚިޔާލު ލިބިފައިވޭ

ޚިޔާލަށް ރައްދުދެއެްވާ ފާތުން ރައްދު ކެންސަލްކުރޭ!


ޚިޔާލުތައް:

  1. ކުރާކަންކަން ފެންނަގޮތަށްހުންނައިރުކުރަމުންދާ ދީނާޚިލާފްކަންކަންހާދަގިނައޭ ދެންފޮރުވިގެންކުރެވޭއިރު ކުރާދީނާޚިލާފްކަންކަންހައްދުފަހަނައަޅާދާނެކަންޔަގީން މާތްﷲދެންފޮނުއްވަވާނީކޮންފަދަބޮޑުމުޞީބާތެއްކަމެއްވެސްނޭންގެ ހެޔޮގޮތުގަބޭނުންކުރާމީހުންނަށްވުރެގިނައީނަހަމަގޮތުގަބޭނުންކުރާމީހުން އަޅުގަނޑުގެއެދުމަކީމިފަދަމީހުންދެނެގަނެވޭނެނިޒާމެއްގާއިމުކުރެވި އެފަދަމީހުންބްލޮކޮށްލެވޭނެގޮތެއްހެއްދެވުން ޝުކުރިއްޔާ

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.