ބާ ކައުންސިލުގެ އެކްސްކޯ އިން ގާނޫނީ ވަކީލު އަނަސް އިސްތިއުފާ ދެއްވައިފި

ބާ ކައުންސިލުގެ އެކްސްކޯ އިން ގާނޫނީ ވަކީލު އަނަސް ޢަބްދުލްސައްތާރު އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އިސްތިއުފާ ދެއްވާފައިވަނީ މިއަދު އެެވެ.

އިޝްތިހާރު Below Header ad

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ކުރީގެ ސެކެރެޓަރީ ޖެނަރަލް އަނަސް އަބްދުލްސައްތާރު އިސްތިއުފާ ދެއްވުމުާއި ގުޅިގެން ބާ ކައުންސިލުން ބުނީ މަގާމުގައި ހުންނަވައިގެން އެކައުންސިލަށް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

ގާނޫނީ ވަކީލުންގެ ބެލެނިވެރި ފަރާތް ކަމުގައިވާ ބާ ކައުންސިލު އެކްސްކޯ އިން އަނަސް އިސްތިއުފާ ދެއްވުމުން މިހާރު އެކްސްކޯގައި ތިއްބަވާނީ، ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު އާއި ނައިބު ރައީސް އަބްދުﷲ މުއިއްޒު އާއި އަލް އުސްތާޛާ އަނާރާ ނައީމް އާއި މުހައްމަދު ފައިސަލްއާއި އަހްމަދު މުއިއްޒާއި ނޫރުބާން ފަހުމީ އަދި މުހައްމަދު އަސީލް ހަސަނެވެ.

ރައީސް އާއި ނައިބް ރައީސް ނުލައި ހަތް މެންބަރުން ތިއްބަވަން ޖެހޭ ބާ ކައުންސިލްގެ ބައި އިލެކްޝަން ބާއްވާނެ ތާރީޚު އަދި އިއުލާނު ކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.