މަލިކުގައި ރާ ހުއްދަ ކުރުން ދުނިޔޭގެ ސަމާލުކަމަށް، ބީޖޭޕީގެ ބޭނުމަކީ ރާއްޖެ ގޮތަށް ތަރައްގީ ކުރުން!

އިންޑިއާގެ ޔޫނިއަން ޓެރަޓަރީގައި ހިމެނޭ ލަކްޝަދީބުގައި ބަނގުރާ ހުއްދަ ކޮށް ގެރިކަތިލުން ހުއްދަ ކުރީ ދިވެހިރާއްޖެއަށް އަންނަމުންދާ ފަދަ ތަރައްގީއެއް އެ ރަށްތަކަށް ގެނައުމަށް ކަމަށް އިންޑިއާގެ މައި ސަރުކާރު ހިންގާ ބީޖޭޕީގެ މަޖިލީސް މެމްބަރުން ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ މައި ސަރުކާރުން ވަނީ މަލިކު ހިމެނޭހެން ލަކްޝަދީބުގައި ބީޖޭޕީން ބޭނުންވާ ގާނޫނުތަން ތަންފީޒު ކުރުމަށް ހާއްސަކޮށް އެޑްމިނިސްޓްރޭޓަގެ މަގާމަށް ޕްރަފުލް ޕަޓޭލް އައްޔަން ކޮށްފަ އެވެ. އޭނާ އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ވަރަށް އަރިސް މީހެކެވެ.

އިޝްތިހާރު Below Header ad

ލަކްޝަދީބު ގައި މަލިކާއި އެކު މީހުން ދިރިއުޅޭ 10 ރަށް އޮވެ އެވެ. އެ ރަށްތަކުގައި ޖުމްލަ 64،000 މީހުންގެ އާބާދީއެއް އޮވެ އެވެ.

އެޑްމިނިސްޓްރޭޓަރު ޕަޓޭލްގެ ނިންމުންތަކާއި އެކު ލަކްޝަދީބުގެ ރަށްތަކުގައި ވަނީ އިންޑިއާގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައި އެވެ. އެމީހުންގެ މުޒާހަރާތަކުގައި “ސޭވް ލަކްޝަދީބު” ބޭނުން ކުރަމުންދާއިރު ގޮވާލަމުން ދަނީ އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށެވެ.

މި މުޒާހަރާތައް ސޯޝަލް މީޑިއާ އައި އިންޑިއާ މީޑިއާގެ އިތުރުން މިހާރު ވަނީ ބައިނަލްއަގުވާމީ މީޑިއާގެ ސަމާލު ކަމަށް އައިސްފަ އެވެ. އަދި ބައިނަލް އަގުވާމީ މީޑިއާގައި ލަކްޝަދީބު ރައްޔިތުން ދަނީ އިންޑިއާ ސަރުކާރާރުގެ ނިންމުންތަކާއި ދެކޮޅު ކަން ހާމަކޮށް އިންޓަވިއު ދެމުންނެވެ

praful 2
ޕްރަފުލް ޕަޓޭލް —

މިކަމާއި ގުޅިގެން އިންޑިއާ ސަރުކާރަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާއި ގުޅިގެން މަތީ މަޖިލީހުގައި ބީޖޭޕީއަށް ނިސްބަތްވާ މަޖިލީސް މެމްބަރުން ވިދާޅުވެފައިވަނީ މައި ސަރުކާރުން ބޭނުންވަނީ ލަކްޝަދީބުގެ ރަަށްތައް ޒަމާނާއި އެއްގޮތަށް ތަރައްގީ ކުރުމަށެވެ. އަދި އެންމެ ބޮޑު އަމާޒަކީ އެ ރަށްތަކަކީ ރާއްޖެ ފަދައިން ޓޫރިޒަމްގެ މަގުބޫލު މަންޒިލުތަކަކަށް ހެދުން ކަމަށް ވިދާޅުވެފައިވެ އެވެ.

ލަކްޝަދީބުގައި އަމަލު ކުރަމުން އަންނަ ގާނޫނަށް ޕަޓޭޓް އެޑްމިޓްރޭޓަރު ކަމާއި ހަވާލުވުމަށް ފަހު ގެނައި ބަދަލުތައް:

ގެރި ކަތިލައި ގެރީގެ މަހުގެ ވިޔަފާރި ކުރުން މަނާކުރުން

ލަކްޝަދީބުގެ ހުރިހާ ރަށެއްގައި ބަނގުރާ ވިއްކުމާއި ބުއިން ހުއްދަ ކުރުން

ޕަންޗާޔަތު ނުވަތަ ކައުންސިލަރު ކަމަށް ދެ ދަރިންނަށްވުރެ ގިނައިން ހުންނަ މީހަކަށް ކުރިމަތި ނުލެވޭނެ

ރައްޔިތުންގެ ގެދޮރާއި ބިންތައް އެޑްމިނިސްޓްރޭޓަރު ބޭނުންވެއްޖެ ކޮންމެ ވަގުތަކު ދައުލަތަށް ނެގޭނެ

މައި ސަރުކާރުގެ ނިންމުންތަކާއި ދެކޮޅު ހަދައި ޕަޓޭލް މަގާމުން ދުރުކުރުމަށް ލަކްޝަދީބުގެ ރައްޔިތުންނަށް އެއްބާރުލުން ދިނުމުގެ ގޮތުން ކެރެލާ ސްޓޭޓްގެ ގާނޫނު ހަަދާ މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފަ އެެވެ. އެ ގަރާރުގައި ވަނީ ޕަޓޭލް މަގާމުން ދުރު ކުރުމަށް މައި ސަރުކާރަށް ހުށަހަޅަން ފާސްކޮށްފަ އެވެ.

ލަކްޝަދީބު އޮންނަނީ ކެރެލާ ސްޓޭޓްގެ ބައެއްގެ ގޮތުގައި އެވެ. އަދި އެ ރަށްތަކަށް ދަތުރު ކުރާ ފެރީގެ ދަތުރުތައް ފަށާނީ ކެރެލާގެ ކޮޗިން ސިޓީންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. މިހާރުވެސް ރާއްޖޭގަ މިއޮތީ ރާހުއްދަކޮށްފަ ކުފުރުގެ ގާނުނެއްހަދައި އެއައް ދިވެން ތަބާވާ މަޖުބޫރުކޮށްފަ

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.