ދުންފަތުގެ ބާވަތްތައް އުފައްދާފައި ހުންނަނީ އެޑިކްޝަނަށް މަގުފަހިވާގޮތަަށް: އަފްޢާލް

ދުންފަތުގެ ބާވަތްތައް އުފައްދާފައި ހުންނަނީ އެޑިކްޝަނަށް މަގުފަހިވާގޮތަަށް ކަމަށް އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އަފްޢާލު ވިދާޅުވެއްޖެ އެވެ.

އަފްޢާލް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެޑިކްޝަނެއް ކަމަށާއި އެއީ ނިކޮޓިން ފަދަ އެއްޗިއްސަށް މަސްތުވުން ކަމަށެވެ.

އިޝްތިހާރު Below Header ad

ދުންފަތް އުފައްދާ ކުންފުނިތަކުން މަސައްކަތަ ކުރަނީ މިތަކެއްޗަކީ އެ ބޭނުންކުރާ މީހުން، އެއަށް ދެވި ހިފާ އަދި އޭގެސަބަބުން އެމީހުންނަށް އެއާދުރަށް ނުދެވޭނެ ގޮތްތަކަށް ތައްޔާރު ކުރަން ކަަމަށެވެ.

“އެހެންވީމަ މިވާގޮތަކީ އެހެން ބާވަތްތަކުގެ މަސްތުވާ ތަކެއްޗެކޭ އެއްގޮތަށް ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ވެސް ދުންފަތުގެ އިސްތިއުމާލުކުރަން ފެށުމަށް ފަހު، އެމީހުން އެޖެހޭ މަސްތުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރަށްދާން އުނދަގޫވަނީ.” އަފްޢާލް ވިދާޅުވި އެވެ.

އަފްޢާލް އިތުރަށް ވިދާޅުވީ ޚާއްސަގޮތެއްގައި ޅަ ޢުމުރުފުރައިގާ ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ، އެމީހުންގެ އެޑިކްޝަނަށް ތަބާވެގެން ހުއްޓާލަން މަސައްކަތްކުރިނަމަވެސް އެކަމަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ނުލިބޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.