އެސްޓީއޯ އިން ފާސްކުރީ ހިއްސާއަކަށް 60 ރުފިޔާ ބަހަން

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.

މިގޮތަށް ފާސްކުރީ އޮންލައިންކޮށް ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގަ އެވެ.

އިޝްތިހާރު Below Header ad

ފައިބެއަހަރު އާމްދަނީގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވާ އިރު، ސާފު ފައިދާގެ ގޮތުގައި 127 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ހިއްސާގެ ފައިދާ ބަހަން ފާސްކުރުމުގެ އިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އާންމުންގެ ފަރާތުން ޑިރެކްޓަރުން ކަނޑައެޅުންވެސް މި ޖަލްސާގައި އޮތެވެ.

ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އާންމުންގެ ފަރާތުން އިންތިޚާބުކޮށްފައިވަނީ އާމިނަތު ރުޝްމާ އެވެ. އޭނާ ވަނީ 2019 ވަނަ އަހަރު އަދި 2020 ވަނަ އަހަރުވެސް އެސްޓީއޯގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކޮށްފަ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް އަހަރު އެސްޓީއޯގެ އެކްސްޓަރނަލް އޮޑިޓަރެއްގެ ގޮތުގައި ޕްރައިސް ވޯޓަރ ހައުސްކޫޕާރސް ކަނޑައަޅަންވެސް މި ޖަލްސާ ގައި ވަނީ ފާސްކޮށްފަ އެވެ. އަދި ކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި 2020 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު އަދި މާލީ ރިޕޯޓުވެސް ވަނީ ފާސްކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.