ދޮށީ ޢުމުރު މީޙުންގެ ކްލޮސްޓްރޯލު މަތިވާނަމަ ހިތް ހުއްޓުމުގެ ފުރުޞަތު ބޮޑު: ދިރާސާ

މުރުން މައްޗަށް ގޮސްފައިވާ މީހާގެ ކޮލެސްޓްރޯލް ލެވެލް މަތިވުމަކީ އެކަމުގެ ނުރައްކާ އިންތިހާއަށް ބޮޑުކަމެކެވެ. އެގޮތުން އުރުން ދުވަސްވެފައިވާ މީހުންނަށް ކޮލެަްޓްރޯލް ލެވެލް މަތިވާ ނަމަ ހިތްހުއްޓުމުގެ ފުރުސަތު ބޮޑެވެ.

އަހަރެމެން އެންމެނަށް ވެސް އެނގޭ ވާހަކައެއް އޮވެ އެވެ. އެއީ ލޭގައި އާދަޔާހިލާފަށް ކޮލެސްޓްރޯލް ގިނަވެއްޖެ ނަމަ ލޭގައި ގަނޑުކޮޅުތައް އުފެދި ހިތްހުއްޓުމާއި ސްޓްރޯކު ޖެހުމަށް ދޮރު ހުޅުވިގެންދާ ކަމެވެ.

އިޝްތިހާރު Below Header ad

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުން މި މައްސަލައިގެ އަސްލު ގުޅިފައި ވަނީ ޒުވާން އުމުރާ އެވެ.

ނަމަވެސް އާންމުކޮށް އަޑު އިވެނީ އުމުރުން މައްޗަށް ދިއުމުން ކޮލެސްޓްރޯލަށް ފަރުވާތެރިވުމަށާއި ކޮލެސްޓްރޯލް ކޮންޓްރޯލްކުރަން ހާއްސަ ބޭސްތަކެއް ނެގުމަށް ޑޮކްޓަރުން ވެސް ލަފާ ދޭ ވާހަކަ އެވެ.

ސިއްޚީ މާހިރުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ޒުވާން އުމުރުގައި މަތިވާން ފަށާ ކޮލެސްޓްރޯލްގެ ނުރައްކާ އުމުރުގެ ފަހުކޮޅުން ފެނުމުގެ ފުރުސަތު ބޮޑެވެ. އެގޮތުން އޭގެ ނުރައްކާ 40 އިންސައްތަ އަށް ބޮޑު ކަމަށްވެސް ދިރާސާގައި ބުނެފައިވެއެވެ.

1،478 މީހުން ބައިވެރިކޮށްގެން 15 އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ދިރާސާގައު ބަވެރިކުރި މީހުންގެ ތެރެއިން އުމުރުން 35 ގައި ކޮލެސްޓްރޯލް ލެވެލް މަތިކޮށް ތިބި މީހުންނަށް ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ވަނީ 15 އަހަރުގެ ތެރޭގައި 16.5 ޕަސެންޓް މައްޗަށް ޖެހިލައިފަ އެވެ.

ޒުވާން އުމުރުގައި ކޮލެސްޓްރޯލް ލެވެލް އާދައިގެ މިންވަރެއްގައި ހިފެހެއްޓި ޒުވާނުންނަށް 15 އަހަރު ތެރޭގައި ވެސް މިފަދަ ނުރައްކަލެއްގެ ފުރުސަތު ބޮޑުވެފައެއް ނުވެ އެވެ.

ޒުވާން އުމުރުން ފެށިގެން ކޮލެސްޓްރޯލް ލެވެލް މަތިކޮށް 11-20 އަހަރު ހޭދަކުރި މީހުންނާ އަޅާ ބަލާއިރު މި ލެވެލް އާދައިގެ މިނެއްގައި ހިފެހެއްޓި މީހުންނަށް ހާޓް އެޓޭކްގެ ރިސްކް އޮތް މިންވަރަކީ 4.4 ޕަސެންޓެވެ.

އެހެންވީމަ މި ދިރާސާގެ ފަހަތުގައި ތިބި ތަޖުރިބާކާރުން ބުނަނީ ކޮލެސްޓްރޯލް އަށް އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ ޒުވާން އުމުރުގައި ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.