ސްރީލަންކާގެ ރައީސްއަށް ހަމްދަރުދީގެ މެސެޖެއް ރައީސް ސޯލިހު ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

މިއީ ފާއިތުވި ހަފްތާ، ސްރީލަންކާގެ ބަނދަރުގައި އޮތް އެމް.ވީ އެކްސް-ޕްރެސް ޕަރލް ކޮންޓެއިނާ ބޯޓުގައި އަލިފާން ރޯވެ، ހީނުކުރާވަރުގެ ނުރައްކާތެރި ޙާދިސާއެއް ހިނގުމާއި ގުޅިގެން ފޮނުއްވި މެސެޖެކެވެ.

އިޝްތިހާރު Below Header ad

މިކަމުގެ ސަބަބުން ކުރިމަތިވި ދަތިޙާލަތުގެ ސަބަބުން އެމަނިކުފާނު ވަނީ އެޤައުމުގެ ސަރުކާރަށާއި، ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިންޑިޔާ ކަނޑުގެ ޤައުމުތައް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަނީ ކަނޑުން ލިބޭ އާމްދަނީ އަށްކަމަށް ވާތީ، މި ޙާދިސާގެ ސަބަބުން ލިބޭނެ ގެއްލުން އަންދާޒާކޮށްލެވޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ސްރީލަންކާއަށް މި ކުރިމަތިވި ހިތާމަވެރި ދަތި އުނދަގޫ ޙާލަތުން އަރައިގަތުމުގައި ދިވެހިރާއްޖެ އޮތީ ސްރީލަންކާއާ އެކު ކަމަށް ރައީސުލްޖުމްހުރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި ސްރީލަންކާގެ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލި އަޅުއްވާލައްވާ ދެ ޤައުމުގެ ގުޅުން މުޞްތަޤްބަލުގައިވެސް ދެމިގެން ދާނެކަން ޔަޤީންކުރައްވާކަމުގައި ބަޔާންކުރައްވާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.