ބިލިއާޑް ކްލަބަކަށް ދިން ހަމަލާއެއްގައި 2 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމް ވެއްޖެ

ފްލޮރިޑާގެ ބިލިއާޑް ކްލަބަކަށް މިއަދު ދިން ބަޑީގެ ހަމަލާއެއްގައި 2 މީހުން މަރުވެ 20 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް މިއާމީޑޭޑްގެ ފުލުހުންގެ ޑިރެކްޓަރ އަލްފްރެޑޯ ރާމިރޭޒް ބުނެފިއެވެ.

ޙަމަލާއާއި ގުޅޭގޮތުން ކުރި ޓްވީޓެއްގައި އޭނާ ބުނެފައި ވަނީ، މިއީ ވަރަށްވެސް ފިންޑި އަމަލެއް ކަމުގައެވެ.

އިޝްތިހާރު Below Header ad

ބޭރުގެ ނޫސް ޗެނަލް ސީ.އެން.އެންއިން ބުނެފައި ވަނީ، ހަމަލާ ދީފައިވަނީ ކްލަބްގައި ކޮންސަޓެއް ބޭއްވުމަށް ތައްޔާރު ވަމުންދިޔަ ވަގުތު ހުދު ކުލައިގެ އެސް.ޔޫ.ވީ ކާރަކުން ފިސްތޯލާއި އެހެނިހެން ބަޑިތަކެއް ހިފައިގެން ފޭބި 3 މީހުން އެތަނަށް އެއްވެ ތިބި މީހުންގެ ތެރެއަށް ބަޑި ޖަހައިގެން ކަމަށެވެ. މިހަމަލާގައި ޒަޚަމްވި މީހުން ގެންގޮސްފައި ވަނީ ކައިރި ހިސާބުތަކުގެ ހޮސްޕިޓަލު ތަކަށެވެ. އަދި އޭގެތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށްވެސް ސީ.އެން.އެންއިން ބުނެފައިވެއެވެ.

ހަމަލާ ދީފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައިއެވެ. އަދި މިހަމަލާތައް ދިންކަމަށް ޝައްކުކޮށް އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް މިއާމީގެ ރަސްމީ ނޫހުގައި ބަޔާންކޮށްފައި ވެއެވެ.

ހަމަލާ ދީފައި މިވަނީ އެމެރިކާގައި މިފަދަ ބަޑީގެ ހަމަލާތައް އިތުރުވެފައިވާ ދުވަސްވަރެއްގައި، އާންމުންނަށް ހަށި ރައްކަލަކަށް ބަޑި ގެންގުޅުމަށް ހުއްދަދޭ ޤަވާއިދަށް ބަދަލު ގެނައުމަށް އެތައް ބަޔަކު ގޮވާލަމުންދާ ދުވަސްވަރެއްގައެވެ. މިއަހަރުގެ މިހާތަނަށް އެމެރިކާގައި މިފަދަ 200 އަށް ވުރެ ގިނަ ހަމަލާ ވަނީ ދީފައެވެ.

މިއާމީ

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ބުނެފައި ވަނީ، އެމެރިކާގައި ބަޑީގެ ހަމަލާތަކަކީ ބަލިމަޑުކަމަކަށް ވުރެ ނުރައްކާ އެއްޗެއް ކަމަށާއި، އެއީ ލަދުގަންނަން ޖެހޭ ހިސާބަށް ގޮސްފައިވާ ކަމެއް ކަމުގައެވެ.

ބަޑިން ހަމަލާދީ މިއަދު 2 މީހުން މަރާލާފައި ވާއިރު ދާދިފަހުން ސެން ޖޯސްގެ ރޭލު އޮފީހެއްގައި ދިން ބަޑީގެ ހަމަލާތަކެއްގައި 8 މީހުން ވަނީ މަރާލާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.