އެލްޖީއޭ ބޯޑަށް ކައުންސިލަރުން ހޮވާ އިންތިޚާބަށް މޮނިޓަރުންނާއި އޮބްޒަރވަރުންނަށް ކުރިމަތިލާން ހުޅުވާލައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑަށް ކައުންސިލަރުން ހޮވާ އިންތިޚާބަށް މޮނިޓަރުންނާއި އޮބްޒަރވަރުންނަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ މި އިންތިޚާބު އޮންނާނީ އަންނަ ޖޫން މަހުގެ 12 ވާ ހޮނިހިރު ދުވަހު ކަމަށެވެ.

އިޝްތިހާރު Below Header ad

އެހެންކަމުން އިންތިޚާބު 2021ގެ އުސޫލުގެ 13، 14 އަދި 15 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އޮބްޒަރވަރުންނާއި މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރުހުޅުވާލާފައިވާ ކަމަށް އީސީ އިން ބުނެއެވެ.

“މި އިންތިޚާބުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ވޯޓުލާ މަރުކަޒަކަށް 1 މަންދޫބަކު އައްޔަން ކުރެވިގެންދާނެ. މި އިންތިޚާބު މޮނިޓަރ ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވެވޭނީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރަޖިސްޓްރީކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަންތަކުންނާއި، ނޫސްމަޖައްލާފަދަ ތަކެތީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާތަކަށް. އަދި މިފަދަ ކޮންމެ ތަނަކުން ވޯޓުލާ ކޮންމެ މަރުކަޒެއްގައި ހަރަކާތްތެރިވެވޭނީ ގިނަވެގެން 2 މީހުންނަށް.” އީސީ އިން ބުންޏެވެ.

މީގެ އިތުރުން މި އިންތިޚާބު އޮބްޒާވްކުރުމަށްޓަކައި އެކަމަށް އެދޭ ސިޔާސީ ޕާޓީތަކާއި، ޖަމުޢިއްޔާ ޖަމާއަތްތަކާއި އަމިއްލަ ފަރުދުންނަށް އެކަމަށް އެދި ހުށަހެޅޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.

އީސީން ބުނީ މި އިންތިޚާބުގެ އޮބްޒަރވަރުން، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ސިޓީއާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު (2021 މެއި 30) ހެނދުނު 09:00 ން ފެށިގެން، 2021 ޖޫން 01 ވާ އަންގާރަ ދުވަހު މެންދުރުފަހު 2:00ގެނިޔަލަށް އީމެއިލް މެދުވެރިކޮށް ކަމަށެވެ.

ސިޓީއާއި ސިޓީއާއެކު ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރާނީ އެ ކޮމިޝަންގެ [email protected] މެއިލްއަކަށް ކަމަށް އީސީ އިން ބުނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.