އަޝްފާޤު އާއި ޝާމިޒް ކޮވިޑް-19 އަށް ފައްސިވެ، ގައުމީ ޓީމާ ދުރަށް

ރާއްޖޭގެ ފުޓްބޯޅަ ތަރި އަލީ އަޝްފާޤް އާއި މިފަހަރު އަލަށް ގައުމީޓީމުން ޖާގަ ހޯދި ޒުވާން ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ކޮވިޑް-19 އަށް ފައްސިވެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޭމްޕާ ދުރަށްދާން ޖެހިއްޖެއެވެ.

އާދީއްތަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުޅެން ތާވަލުކޮށްފައިވާ ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަންގެ މެޗުތައް ކުޅެން ޗައިނާއަށް ފުރުމުގެ ކުރިން ދެ ފަހަރެއްގެ މަތިން ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ކޮވިޑަށް ޓެސްޓުކޮށްފައެވެ. އެ ޓެސްޓުތަކުން މި ދެކުޅުންތެރިން ފައްސިވިއިރު، މިހާރު އެ ދެ ކުޅުންތެރިން ވެސް ވަނީ ގައުމީ ޓީމުގެ ކޭމްޕާ ދުރަށް ގޮސްފައެވެ.

އިޝްތިހާރު Below Header ad

މިވަގުތު 25 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއި އެކު ރާއްޖޭގެ ގައުމީ ޓީމުން ދުބާއީގައި ތަމްރީނުތައް ހަދަމުންދިޔައިރު، ދަގަނޑޭ އާއި ތޮއްޕޭ ފައްސިވެފައިވާތީ ޕްރޮޓޮކޯލާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން އެ ދެ ކުޅުންތެރިން 10 ދުވަހު ދުބާއީގައި ކަރަންޓީނުވާން ޖެހޭއިރު، އެ ދެ ކުޅުންތެރިންނަށް ގައުމީ ޓީމާއެކު ޗައިނާއަށް ނުދެވޭނެއެވެ. އަދި ކުރިއަށް އޮތް ކޮލިފައިން މެޗުތަކުގައި ވެސް އެ ދެކުޅޫންތެރިންނަށް ކުޅެވޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.

އަޝްފާޤާއި ތޮއްޕޭ ކޮވިޑް އަށް ފައްސިވެ 10 ދުވަހަށް ދުބާއީގައި ކަރަންޓީނުވާން ޖެހުމާ ގުޅިގެން އަންނަ މަހުގެ ތިންވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި، ހަތްވަނަ ދުވަހު ސީރިއާއާ ބައްދަލުކުރާ މެޗެވެ.

ކޮލިފައިން މެޗުތައް ޗައިނާގައި ކުޅެން ހަމަޖެހިފައިވާއިރު، ރާއްޖެއަށް ބާކީ ތިން މެޗު ކުޅެން އެބައޮތެވެ. ރާއްޖެ ކުޅެން ޖެހޭ ތިން މެޗަކީ ޗައިނާ އާއި، ސީރިއާ އަދި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. ރާއްޖެ މިވަގުތު އޮތީ ހަތަރު ޕޮއިންޓާއި އެކު ކޮލިފައިން ގުރޫޕް އޭގެ ހަތަރުވަނައިގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.