އެޗްއެމްއެފް ގެ ކަންކަން ރަނގަޅުކުރާނެ ކަމަށް ބުނުމުން އެޗްއާރްސީއެމް އިން މަރުހަބާ ކިޔައިފި

ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް އެޗްއާރްސީއެމް އިން ކުރި ޒިޔާރަތުގައި ފާހަގަކުރި ކަންކަން ރަނގަޅުކުރާނެ ކަމަށް ބުނުމުން އެޗްއާރްސީއެމް އިން މަރުހަބާ ކިޔައިފި އެވެ.

އެޗްއާރްސީއެމް އިން ދެންމެ ކުރި ޓްވީޓެއްގައި ބުނީ އެ ކޮމިޝަންގެ ދައުރަކީ މޮނިޓަރ ކުރުމަށް ފަހު، ފާހަގަވާ ކަންތައް ގުޅުންހުރި މުއައްސަސާތަކަށް ހިއްސާކުރުން ކަމަށެވެ. އަދި ހައްގު ކަށަވަރުކޮށްދިނުން ކަމަށެވެ.

އިޝްތިހާރު Below Header ad

“އެޗްއެމްއެފް އަށް އެޗްއާރްސީއެމް އިން ކުރި ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތައް ރަނގަޅު ކުރެއްވުމަށް ކަމާއިބެހޭ ފަރާތްތަކުން ކުރައްވާ މަސައްކަތަށް ކޮމިޝަނުން މަރުޙަބާ ކިޔަން.” އެޗްއާރްސީއެމް ގެ ޓްވީޓުގައި ވެއެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލޭ ހޮސްޕިޓަލުގެ ސީއީއޯ އަދި ހުޅުމާލޭ މެޑިކަލް ހިންގެވުމާއި ހަވާލުވެ ހުންނެވި މާރިޔާ ސަޢީދު ވިދާޅުވީ އެޗްއެމްއެފް އަދި ހުޅުމާލޭ ހޮސްޕިޓަލުގައި މީގެކުރިން އެވްރެޖުގޮތެއްގައި އެޑްމިޓް ކުރަނީ މަހަކު 200 އާއި 300 އާދެމެދުގެ ޢަދަދެއް ކަމަށެވެ.

އެހެންނަމަވެސް އެ ޢަދަދު މިހާރު 600 އަށް އަރާފައިވާކަން މާރިޔާ ވަނީ ފާހަގަ ކުރައްވާފައިވާ ކަމަށާއި އެެހެންކަމުން އެ ޢަދަދަށް ބަލިމީހުން ބަލަން ސިއްހީ އެހީތެރިން ނެތުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

މާރިޔާ ވިދާޅުވީ އެޗްއާރްސީއެމް އިން އެކަންކަން ބައްލަވާފައިވާތީ ޝުކުރުވެރިވާ ކަމަށެވެ. އަދި ފާހަގަކުރައްވާފައިވާ ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.