އިންޑޮނީޝިޔާއިން ހިފަހައްޓާފައިވާ އިރާންގެ ތެޔޮ ބޯޓު ދޫކޮށްލައިފި

އިންޑޮނީޝިޔާއިން މިއަހަރު ޖެނުއަރީގައި ހިފަހައްޓާފައިވާ އިރާންގެ ތެޔޮ ބޯޓު ކޯޓުން ކުރަންޖެހޭ މަސައްކަތްތައް ނިންމުމަށް ފަހު ދޫކޮށްލައިފި ކަމަށް އިރާނުން ބުނެފިއެވެ.

ނެޝަނަލް އިރާނިއަން ޓޭންކަރ ކޮމްޕެނީ އިން ބުނެފައި ވަނީ، އެމް.ޓީ ހޯސް ގެ ނަމުން ނަންދެވިފައިވާ މިބޯޓު ދޫކޮށްލުމަށް 125 ދުވަސް ވަންދެން އިރާންގެ ޚާރިޖީ ވުޒާރާއާއި އިސް ބައެއް ބޭފުޅުން ކުރަމުންދިޔަ މިންނެތް މަސައްކަތް ކާމިޔާބު ވެފައިވާ ކަމަށާއި، ބޯޓު ދޫކޮށްލާފައި ވަނީ ފާއިތުވި ހުކުރު ދުވަހު ކަމަށެވެ. އާއިލާއާއި ދުރުގައި އެތައް ދުވަހެއް ހޭދަކޮށް އެތައް ދަތި އުނދަގޫ ތަކަކާއި ކުރިމަތިލާން ޖެހުނުނަމަވެސް އެމް.ޓީ ހޯސްގެ ތަޖުރިބާކާރު މަސައްކަތްތެރިން ވަނީ ހިތްވަރާއިއެކު މަސައްކަތް ކޮށްފައި ކަމަށާއި، އަދި ޤައުމުގެ މަސްލަހަތު ކުރިއަށް ގެނެސް ތެލުގެ ވިޔަފާރިއަށް އަސަރެއް ނުކުރާނެހެން އަމަލު ކޮށްފައިވާ ކަމަށް ކުންފުނީގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިޝްތިހާރު Below Header ad

އިންޑޮނީޝިޔާއިން ބޯޓު ދޫކޮށްލުމުން ބޯޓުގެ މަސައްކަތައް އަނބުރާ ރުޖޫޢަ ވެފައިވާ ކަމަށާއި، މަސައްކަތް ނިންމުމަށްފަހު ޤައުމަށް އެނބުރި އަންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

އިންޑޮނީޝިޔާއިން ބުނެފައި ވަނީ ޕަނަމާގެ ދިދަޖެހި ބޯޓަކާއެކު އިރާންގެ ދިދަޖެހި މިބޯޓުވެސް އެޤައުމުގެ ކޯސްޓުގާޑުން އަތުލާފައި ވަނީ އިންޑޮނީޝިޔާ ކަނޑުގައި ޤަވާއިދާއި ޚިލާފަށް ތެލުގެ ވިޔަފާރި ކުރާކަމަށް ޝައްކު ކުރެވިގެން ކަމަށެވެ. އެހެންނަމަވެސް އިރާންގެ ޚާރިޖީ ވުޒާރާޢިން ބުނަމުން ގެންދިޔައީ އެސަރަހައްދަށް ބޯޓު ދަތުރުކުރީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި، ބޯޓުފަހަރުގައި އެފަދަ މައްސަލަ ދިމާވުމަކީ އާންމު ކަމެއް ކަމުގަވެ.

އެމެރިކާއިން އިރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު ތަކުގެ ތެރޭގައި އެންމެ ބޮޑު ފިޔަވަޅަކަށް އަޅާފައި ވަނީ އިރާންގެ ތެލުގެ ބާޒާރަށް އަޅާފައިވާ ފިޔަވަޅުތަކެވެ. އެހެންކަމުން ތެލުގެ ވިޔަފާރި ކުރާއިރު ސިއްރު ކުރުމަށް ތެޔޮ ބޯޓުތަކުގެ ޓްރެކިންގް ޑިވައިސް ނިއްވާލުން ފަދަ އުކުޅުތައް އިރާނުން ދަނީ ބޭނުން ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.