އިންޑިޔާގެ އައު ޤަވާއިދުތަކާއި މުސްލިމުން ގިނަ ލަކްޝްވަދީޕްގެ ރައްޔިތުން ދެކޮޅު ހަދައިފި

އަރަބި ކަނޑުގައި އެހެން ނަމަވެސް އިންޑިޔާގެ ބާރުގެ ދަށުގައިވާ މުސްލިމުން ގިނަ ޖަޒީރާއެއް ކަމުގައިވާ ލަކްޝްވަދީޕްގައި އިންޑިޔާގެ މިހާރުގެ ސަރުކާރުން ކަނޑައަޅާފައި ހުންނަ ވެރިޔާ އެކުލަވާލާފައިވާ ޤަވާއިދުތަކުގެ ސަބަބުން ރަށުގެ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދި، އެޤަވާއިދުތަކާއި ފާޅުގައި ދެކޮޅު ހަދައިފިއެވެ.

ލަކްޝްވަދީޕްއަކީ އިންޑިއަން ޕެނިންސޫލާގެ ހުޅަނގު ދެކުނުން 200 ކމ ދުރުގައި ޤުދުރަތީ ގޮތުން ހެދިފައިވާ ޖަޒީރާ ރަށްތަކެކެވެ. މި ޖަޒީރާގައި 36 ރަށް އެކުލެވޭއިރު މީހުން ދިރިއުޅެނީ އޭގެތެރެއިން 10 ރަށެއްގައެވެ. އާބާދީގައި 65،000 މީހުން ހިމެނޭ މި ޖަޒީރާ ރައްތަކަކީ އިންޑިޔާގެ 8 ޔޫނިއަން ޓެރިޓޮރީގެ ތެރެއިން އެއްބައެވެ. އަދި އާބާދީގެ %97 މީހުންނަކީ މުސްލިމުންނެވެ.

އިޝްތިހާރު Below Header ad

ލަކްޝްވަދީޕްގެ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ބިރުވެރި ކަމަކީ އަދި އެންމެ ކަންބޮޑުވާ ކަމަކީ އިންޑިޔާގެ މިހާރުގެ ސަރުކާރުން، ނަރެންދްރަ މޯޑީގެ ބަޑޯވަޒީރު ކަމުގެ ދަށުން އެޖަޒީރާއަށް ކަނޑައަޅާފައި ހުންނަ އިސް ވެރިޔާ އެމީހުންނަށް ކުރިމަރު ކުރުވާ އަދި ބޯލެނބުމަށް މަޖުބޫރު ކުރާ އައު ޤަވާއިދުތަކެވެ.

LAKSHADWEEP MAP

މޯޑީގެ ބީ.ޖޭ.ޕީ ޕާޓީއަށް ނިސްބަތްވާ ޕްރަފުލް ޚޯޑާ ޕަޓޭލްއަކީ ލަކްޝްވަދީޕްއަށް ސަރުކާރުން ކަނޑައެޅި ފުރަތަމަ ލީޑަރެވެ. މީގެ ކުރިން މޯޑީގެ ބަންޑާރަ ނައިބު ކަމުގައި ޕަޓޭލް ވަނީ ގުޖުރާތުގެ ހޯމް މިނިސްޓަރުކަން ވެސް ކޮށްފައެވެ.

ފާއިތުވި އަހަރުގެ ޑިސެމްބަރ މަހުގައި ކަޝްމީރަށް ފަހު އިންޑިޔާގައި އޮންނަ މުސްލިމުން އެންމެ ގިނަ ހަމައެކަނި ހިސާބު ކަމުގައިވާ ލަކްޝްވަދީޕްގެ ވެރިކަމާއި ޕަޓޭލް ހަވާލުވި ފަހުން، ރަށުގެ ރައްޔިތުން ހޮވާފައިވާ ރަށުގެ ވެރިންނާއި އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި، އޭނާ ދަނީ އެތައް ޤަވާއިދު ތަކަކަށް ބަދަލު ގެންނަމުންނެވެ.

ރަށުގެ ރައްޔިތުން ބުނާ ގޮތުގައި، ޕަޓޭލް ގެންނަ ބަދަލުތަކުގެ ސަބަބުން ލަކްޝްވަދީޕްގައި ދިރިއުޅޭ ރައްޔިތުންގެ އާމްދަނީއާއި ރައްވެހިކަން، ގެދޮރުވެރި ކަމާއި ސަޤާފަތައް އަސަރު ކުރާނެއެވެ.

ޤަވާއިދުތަކަށް އޭނާ ގެނައި ބަދަލުތަކުގެ ތެރޭގައި، ގެރިމަސް ކެއުމާއި ގެރިމަހުގެ ވިޔަފާރި ކުރުން މަނާ ކުރުމާއި، 2 ދަރިންނަށް ވުރެ ގިނަ ދަރިން ތިބޭ މީހުންނަށް ރަށު ކައުންސިލް ކަމުގެ މަޤާމާއި އެނޫންވެސް އިންތިހާބަކުން ހޮވޭ އެއްވެސް މަޤާމަކަށް ކުރިމަތި ނުލެވޭނެ ގޮތް ހެދުމާއި، ބިމުގެ ވެރިންގެ ހުއްދައަކާއި ނުލައި ރަށް ތަރައްޤީ ކުރުމުގެ ނަމުގައި އާންމު ފަރުދުންގެ ބިންތައް ސަރުކާރަށް ނަގައި، ވިޔަފާރި ވެރިންނަށް ދޫކުރުމުގެ ބާރު ރަށުގެ ވެރިޔާއަށް ލިބޭނެ ގޮތް ހެދުން ހިމެނެއެވެ.

އިންޑިޔާގެ ހޯމް މިނިސްޓްރީއިން މިހާރު މި ޤަވާއިދުތައް ދިރާސާ ކުރަމުން ދާއިރު، އިދިކޮޅު ފަރާތްތަކުންނާއި ކޮންގްރެސް ޕާޓީއިން ގޮވާލަމުން ދަނީ މިފަދަ ޤަވާއިދުތަކަށް ޖާގަ ނުދީ، ޕަޓޭލް ލަކްޝްވަދީޕްގެ ވެރިކަމުން އަވަހަށް ދުރުކުރުމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.