ކުޅުދުއްފުށީ އެއަރޕޯޓަށް ލަފާފުރުވަން އާންމުން ދިއުން މަނާކޮށްފި

ކުޅުދުއްފުށީ އެއަރޕޯޓަށް ލަފާފުރުވަން އާންމުން ދިއުން މަނާކޮށްފި އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން މިގޮތަށް ނިންމީ ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ނެވެ.

އިޝްތިހާރު Below Header ad

އެ ކައުންސިލުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ މިދުވަސްވަރުގައި އެ ސިޓީން ވެސް ކޮވިޑް19 އިން ރައްކާތެރިވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

“އަޅުގަނޑުމެންނަށް ފިޔަވަޅު އެޅުމަށް ގައިޑްލައިން ދެވޭނީ. އެ މަސައްކަތްތަކުގެ ނަތީޖާ އެންމެ އެދެވޭ ގޮތެއްގައި ފެންނާނީ ރައްކާތެރިވެ ތިބުމަށް އެންމެން އެކުގައި މަސައްކަތް ކޮށްގެން. އަޅުގަނޑުމެން މިތިބީ ރައްޔިތުންނާ އެކު، މިކަމުން އަރައިގަތުމަށް މަސައްކަތް ކުރަން. ރައްޔިތުން އެއްބާރުލުން ދެއްވާ.” ކައުންސިލުން ބުންޏެވެ.

ފާއިތުވެ ދިޔަ ދުވަސްތަކުގައި މާލެއިން ކުޅުދުއްފުށި ސިޓީއަށް ދަތުރުކޮށް ހޯމްކަރަންޓީން ފުރިހަމަކުރުމުގެ ތެރެއިން ކޮވިޑް ބައްޔަށް ޕޮޒިޓީވް ވެފައިވާ ކޭސްތަކެއް ފެނިފައިވާއިރު، މި ހާލަތުގައި އެއަރޕޯޓަށް މީހުން ލަފާފުރުވުމަށް އާންމުން ދިއުމަކީ އެއްގޮތަކަށް ވެސް ރައްކާތެރިކަމެއް ނޫން ކަމަށް ވެސް އެ ކައުންސިލުން ބުންނެވެ.

އެހެންކަމުން އެކަން މަނާކަމެއް ކަމުގައި ކުޅުދުއްފުށި ސިޓީގެ ކޮވިޑް19 ޓާސްކްފޯސްގެ ފަރާތުން ނިންމާފައިވާ ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ކުޅުދުއްފުށި ސިޓީގައި މިވަގުތު ކޮވިޑް19ގެ އެކްޓިވް ކޭސްގެ ގޮތުގައި 12 މީހަކު އެބަތިއްބެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.