އަލަބާ ރެއާލް މެޑްރިޑް އަށް ބަދަލުވެއްޖެ
ޖަރުމަންގެ ބަޔާން އަށް ކުޅެމުން އައި އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ ރެއާލް މެޑްރިޑާ ގުޅިއްޖެއެވެ.
އުމުރުން 28 އަހަރުގެ އަލަބާ ރެއާލް އަށް ބަދަލުވެފައިވާއިރު، ރެއާލުން ވެސް ވަނީ އެ ޓީމުން އަލަބާގެ ސޮއި ހޯދިކަން ޔަގީން ކޮށްދީފައެވެ. އަލަބާ ރެއާލް އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އެގޮތުން އަލަބާ ވަނީ ރެއާލާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ވެސް ހަދާފައެވެ.
2010 ވަނަ އަހަރު ބަޔާންގެ ސީނިއާ ޓީމަށް ކުޅެން ފެށި އަލަބާ ވަނީ ބަޔާނަށް 431 މެޗު ކުޅެދީ 33 ލަނޑު ޖަހާފައެވެ. އަދި ވަނީ ބަޔާނާއެކު ޖަރުމަން ލީގު 10 ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު އަދި ފީފާ ކުލަބު ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން އަލަބާ ހޯދަން އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ދެ ޗެމްޕިއަނުން ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލުން ވަނީ މަސައްކަތްކޮށްފައެވެ.