މިވަގުތުކުރާ އެންމެ މުހިންމު ކަމަކީ ރައީސް ނަޝީދުގެ ތަހުގީގު ހިނގަމުންދާގޮތް ބެލުން: އެމްޑީޕީ

އެމްޑީޕީން މިވަގުތު ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ހިނގަމުންދާ ގޮތް ގާތުން ބެލުން ކަމަށް އެޕާޓީން ބުނެފި އެވެ.

އެޕާޓީގެ ޗެއަރޕަރސަން އަލް އުސްތާޛު ޙަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގީ މަޢުލޫމާތު އެމަނިކުފާނަށް ދެއްވުމަކީ މުހިންމުކަމެއް ކަމަށެވެ.

އިޝްތިހާރު Below Header ad

އެ މަޢުލޫމާތު ސީދާ ރައީސް ނަޝީދަށް ދެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ އަރިހުގައި އެދިވަޑައިގެންފައިވާ ކަމަށާއި އެކަން އެގޮތަށް ކުރައްވަމުން ގެންދަވާނެ ކަަމަށް ސީޕީ ހަމީދު ވިދާޅުވެފައިވާކަމަށްވެސް ޙަސަން ލަޠީފް ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ އެ ޙަމަލާގެ ވަށައިގެންވާ ކަންކަން ސާފުވަންދެން ހުއްޓުމެއްނެތި އެޕާޓިން ބަލަމުންދާނެކަމަށެވެ.

އެމްޑީޕީން މިގޮތަށް އެދިފައިވާ އިރު، ތަހުގީގުގެ މަޢޫލޫމާތު ރައީސް އޮފީސް މެދުވެރިކޮށް ހޯއްދަވަން ޖެހިވަޑައިގަންނަވާތީ ރައީސް ނަޝީދު ވެސް ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާދިނުމަށް ބަޔަކު ފައިސާ ޚަރަދުކުރިތޯއާއި އެފަދަ ބަޔަކު ތިބިނަމަ އެމީހުން ހޯދުމަށް އެމެރިކާގެ ތަޖުރިބާކާރެއް ވަރަށް އަވަހަށް ތަހުގީގް ޓީމާ ގުޅޭނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

މި މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޢަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ 4 މީހަކު މިހައިތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ ހަމަލާ ދިނުމަށް އެކި ގޮތްގޮތުން ބައިވެރިވެފައިވާ އިތުރު މީހުންވެސް މިހާރު ހައްޔަރުކޮށްފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން މި ޙަމަލާގައި މިހާތަނަށްވަނީ ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ / މުޖާޒް އަޙްމަދު (21 އަހަރު)، ގއ. ކޮނޑޭ ފޮޅޭމާގެ /ތަހްމީނު އަޙްމަދު (32 އަހަރު)، ވ. ތިނަދޫ / ހިޔާ އަދުހަމް އަޙްމަދު ރަޝީދު (25 އަހަރު) އަދި ލ.ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.