ކޮވިޑުގެ ހާލަތާއިގުޅިގެން ރަށްރަށަށް ސިއްހީ އާލާތް ފޮނުވުމުގައި އެސްޓީއޯ އިން ފިޔަވަޅެއް ކުރިއަށް
ރާއްޖޭގައި ކޮވިޑުގެ ހާލަތު އިތުރުވަމުން އަންނާތީ، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓްއޯ) އިން އަތޮޅުގެ ރަށްތަކަށް ސިއްހީ އާލާތްތައް ފޯރުކޮށްދޭން ފަށައިފި އެވެ.
އެ ކުންފުނިން ބުނީ ބޭހާއި، މާސްކު، އަންގި އަދި ސެނިޓައިޒަރ ފަދަ ތަކެތި ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
“މިއީ މާލެ ސަރަހައްދާއި އަތޮޅުތެރޭގައިވެސް މިދުވަސްވަރު ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ކުރަމުން އަންނަކަމެއް. އެގޮތުން މިއަދުވެސް ވާނީ ގއ. އަތޮޅަށް ސިއްހީ އާލާތްތައް ފޯރުކޮށްދީފަ. އަދި އިތުރު އަތޮޅުތަކަށް އެފަދަ ސާމާނު ފޯރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން.” އެސްޓީއޯ އިން ބުންޏެވެ.
With increased number of covid cases across the nation, we are grateful to donate medical consumables to the islands in need.
This will aid in our fight to combat the spread of Covid-19.#FlattenTheCurve— STO (@stoplc) May 27, 2021
ޖެންޑަރ މިނިސްޓްރީން އެދުމުގެ މަތިން އެސްޓީއޯގެ ހިލޭ އެހީގެ ދަށުން އެ މިނިސްޓްރީއަށް ބޭނުންވާ އެހީތެރިކަންވެސް ދަނީ ފޯރުކޮށްދެމުން އަންނަކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.
އެގޮތުން ކާބޯތަކެތީގެ ދަތިކަން ޖެހިފައިވާ ފަރާތްތަކަށް އެތަކެތި ފޯރުކޮށްދެމުންދާ އިރު، ކޮވިޑް ފެސިލިޓީތައް ޤާއިމް ކުރުމުގައިވެސް އެސްޓީއޯއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ނެވެ.