ޔުނައިޓެޑް ބަލިކޮށް ވިޔަރެއާލުން ޔޫރޮޕާ ލީގު ތަށި އުފުލާލައިފި

ޔޫރޮޕާ ލީގުގައި ރޭ ކުޅުނު ފައިނަލް މެޗް ކާމިޔާބުކޮށް ސްޕެއިންގެ ވިޔަރެއާލުން ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

ޕޮލެންޑްގެ ޑަންސްކް ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗް ވިޔަރެއާލުން ކާމިޔާބުކުރީ ޔޫރަޕްގެ ކްލަބް މުބާރާތެއްގެ ފައިނަލްގައި މިހާތަނަށް ފެނުނު އެންމެ ދިގު ޕެނަލްޓީ ޝޫޓްއައުޓްގައި މެންޗެސްޓަ ޔުނައިޓެޑްގެ މައްޗަށް 10-11 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.

އިޝްތިހާރު Below Header ad

ރޭގެ ފައިނަލް މެޗްގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، މެޗްގެ ފުރިހަމަ ވަގުތުގެ އިތުރުން އިތުރު 15 މިނެޓްގެ ދެ ހާފް ކުޅެ ނިމުނު އިރު ވެސް 1-1 ގެ ނަތީޖާއިން ވަނީ އެއްވަރުވެފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ވިޔަރެއާލުންނެވެ. މެޗުގެ  19 ވަނަ މިނެޓްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެރާޑް މޮރޭނޯ އެވެ. ޔުނައިޓެޑަށް މެޗްގެ ނަތީޖާ އެއްވަރުކޮށްދިން ލަނޑު މެޗްގެ 55 ވަނަ މިނެޓްގައި ކާމިޔާބުކުރީ އެޑިންސަން ކަވާނީ އެވެ.

މެޗުގެ ފުތިހަމަ ވަގުތު ހަމަވި އިރުވެސް ނަތީޖާ އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޝޫޓް އައުޓަށް ދާން ޖެހުނުއިރު، ޕެނަލްޓީގައި ކޮންމެ ޓީމަކުންވެސް 11 ޕެނަލްޓީ ޖެހި އެވެ. ފަހު ޕެނަލްޓީ އާ ހަމައަށް އައިއިރު އޭގެ ކުރިން ދެ ޓީމުން ޖެހި ހުރިހާ ޕެނަލްޓީއެއްވެސް އޮތީ ކާމިޔާބުކޮށްފަ އެވެ. ވިޔަރެއާލުން ޖެހި ފަހު ޕެނަލްޓީ އެ ޓީމްގެ ގޯލްކީޕަރު ރުލީ ކާމިޔާބުކުރި އިރު ޔުނައިޓެޑްގް ފަހު ޕެނަލްޓީ ޖެހި ޑޭވިޑް ޑެ ހެއާ އަށްވީ ނާކާމިޔާބެވެ.

ރޭގެ ފައިނަލް މެޗުން މޮޅުވެ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ވިޔަރެއާލްއިން ހޯދިއިރު، މިއީ އެ ކުލަބުގެ ތާރީހުގައިވެސް މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.