ޣައްޒާއަށް ދޭ އެހީގައި އަތް ނުލާނެ ކަމަށް ޙަމާސްގެ ލީޑަރު ވަޢުދުވެއްޖެ

މެދުނުކެނޑި ޣައްޒާއަށް 11 ދުވަސް ވަންދެން ދިން ހަމަލާތަކުގައި ހަލާކުވެފައިވާ ތަންތަން އާރާސްތު ކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން އެހީގެ ގޮތުގައި ފޯރުކޮށްދޭ ތަކެތީގެ އެއްވެސް މިންވަރެއްގައި ޙަމާސްއިން ނުޖެހޭނެ ކަމަށް ޙަމާސްއިން ވަޢުދު ވެއްޖެއެވެ.

ޙަމާސްގެ ޣައްޒާ ގޮފީގެ އެންމެ އިސް ލީޑަރު ޔަޙްޔާ ސިންވާރް އިއްޔެ ބުނެފައި ވަނީ، ޣައްޒާއަށް ލިބޭ އެހީ ހަމަހަމަ ކަމާއި ދެފުށް ފެންނަހެން ފޯރުކޮށްދޭނެ ކަމަށެވެ. ޣައްޒާ އަލުން އާރާސްތު ކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުންނާއި ޢަރަބި ދުނިޔެއިން ކުރަން ބޭނުންވާ މަސައްކަތްތަކަށް މަރުޙަބާ ކިޔާނެ ކަމަށާއި، އިމާރާތް ކުރުމާއި އަދި އިންސާނީ އެހީގެ ގޮތުގައިވެސް ފޮނުވާ އެއްވެސް އެއްޗެއްގައި ޙަމާސް އިން ނުޖެހޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ޙަމާސްއިން ދޭ ކަމުގައި ވެސް އޭނާ ބުނެފައި ވެއެވެ.

އިޝްތިހާރު Below Header ad

ސިންވާރް މިހެން ބުނެފައި މިވަނީ، އެމެރިކާއިން ފަލަސްތީނަށް އެހީ ފޯރުކޮށްދޭނެކަން އެޤައުމުގެ ސެކްރެޓެރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކަން ދާދި ފަހުން ފަލަސްތީނަށް ކުރި ދަތުރުގައި ހާމަކޮށްފައި ވަނިކޮށެވެ. ނަމަވެސް އެމެރިކާއިން ފޯރުކޮށްދޭ އެހީގެ ބޭނުން ޙަމާސްއިން ނުހައްޤު ގޮތުގައި ހިފާފާނެ ކަމުގެ ބިރު ހީވާކަމަށް އެމެރިކާގެ ސެކްޓްރީ އޮފް ސްޓޭޓް ވަނީ ހާމަކޮށްފައެވެ. އޭގެ އިތުރުން ޣައްޒާގައި ޙަމާސްގެ ބާރު ކުޑަ ކުރުމަށްޓަކައި އެޅޭ ފިޔަވަޅެއްގެ ގޮތުން އެމެރިކާގެ ވިސްނުން ހުރީ ފަލަސްތީންގެ ރައީސް މަޙްމޫދް އައްބާސްގެ ބެލުމުގެ ދަށުން ރާމަﷲ ގައި ހަރަކާތްތެރިވާ ޕަލެސްތިނިއަން އޮތޯރިޓީ (ޕީ.އޭ) އާއި ގުޅިގެން އެހީގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އެމެރިކާ އަދި ޔޫރަޕުން ދެކެނީ ޙަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައެވެ.

މިކަމާ ގުޅޭގޮތުން ސިންވާރް ބުނެފައި ވަނީ، ބްލިންކަން އެހެން ބުނެފައި ވަނީ ޙަމާސްއާއި ޕީއޭއާއި އޮތް ގުޅުން ހީނަރުކޮށް، ދެބައިމީހުން ދެމެދުގައި ހަމަނުޖެހުމާއި ރުޅިވެރިކަން އުފައްދައި ބައިބައި ކުރުވުމުގެ މަޤްސަދުގައި ކަމަށެވެ. އަދި އެހެން ވިޔަ ނުދޭނެ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ. އެފަދަ ވާހަކަތަކަށް ހެއްލި އެއްބަޔަކު އަނެއް ބަޔަކާއި ދިމާއަށް ރުޅިވެރިކަމާއެކު ނުދާނެ ކަމުގެ ޔަގީންކަން ދޭކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލިތާ 6 ދުވަސް ވެފައިވާއިރު، އެހީގެ ގޮތުގައި ބައިނަލްއަޤްވާމީ އެކި ފަރާތްތަކުން ޣައްޒާއަށް އެކި ވަރުގެ އެހީތައް ދަނީ ލިބެމުންނެވެ. އެގޮތުން ބުދަދުވަހު އިނގިރޭސިވިލާތުގެ ޚާރިޖީ ސެކެޓްރީ ޑޮމިނިކް ރާބް ކުރެއްވި ޓްވީޓެއްގައި، ފަލަސްތީންގެ ރެފިއުޖީންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިނގިރޭސި ވިލާތުގެ ފަރާތުން 3.2 މިލިއަން ޕައުންޑް (4.5 މިލިއަން ޑޮލަރު) އދ ގެ އެހީއާއި ބެހޭ އޭޖެންސީއަށް ހަވާލު ކޮށްފައިވާނެ ކަމަށް ބުނެފައިވެއެވެ.

އަދި އަންގާރަދުވަހު ޔުރަޕު އިއްތިޙާދުގެ ފަރާތުން ފަލަސްތީނަށް އެހީގެ ގޮތުގައި ދޭ ޢަދަދު 8 މިލިއަން ޔޫރޯ (9.8 މިލިއަން ޑޮލަރު) އަށް އިތުރު ކޮށްފައިވާކަން ޔޫރަޕިއަން ޔޫނިއަންއިން ވަނީ ހާމަކޮށްފައެވެ.

ފަލަދސްތީންގެ ސިއްޙީ އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި އިޒްރާއީލުން ޣައްޒާއަށް ދިން ޙަމަލާތަކުގައި 254 މީހުން ވަނީ ޝަހީދު ވެފައެވެ. އަދި 1000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމް ވެފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި 66 ކުޑަކުދިންވެސް ހިމެނެއެވެ. އިޒްރާއީލަށް ދިން ރޮކެޓު ހަމަލާތަކުގައި މަރުވެފައި ވަނީ އިޒްރާއީލްގެ 12 މީހުންނެވެ. އޭގެތެރޭގައި 2 ކުޑަކުދިން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.