މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކުރަން ނިންމައިފި

ކޮވިޑުގެ ހާލަތު ގޯސްވެފައިވާތީ މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކުރަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތްތައް ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވަނީ މިރޭ ފަތިސް ނަމާދުން ފެށިގެން ކަމަށެވެ.

އިޝްތިހާރު Below Header ad

މިގޮތަށް ނިންމީ މާލެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލުން ނެއްޓިފައި ވާ އިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މެއި 19، ގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އެންގި ނަމަވެސް ބައެއް މީހުން އެކަން ކުރާތީއާއި މިހާރު ކާފިއު ހިންގާފައި ވުމާއެކު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

މި ނިންމުން ނިންމާފައިވަނީ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފަޔާއެކުގައި ކަަމަށް ވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

“މިސްކިތްތައް ވަގުތީ ގޮތުން ބަންދު ކުރި ނަމަވެސް، ހުރިހާ ފަރުޟު ނަމާދެއް ކޮށް، ގިނަ ގިނައިން ސުންނަތް ކުރުމާއި ގުރުއާން ކިޔެވުން ކުރިއަށް ގެންދަން ޖެހޭނެ.” އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވުމާއެކު، މީގެ ކުރިންވެސް މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން ދިގު މުއްދަތަކަށް ވަނީ ހުއްޓާލާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.