އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ފަށައިފި
އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ފަށައިފި އެވެ.
މިގޮތަށް ނިންމީ ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނެވެ.
ރިޔާސަތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވިދާޅުވީ، އޮންލައިން ކޮށް ޖަލްސާތައް ފެށުމުން ވޯޓާ ހަމައަށްދާ ކަންތައްތަކަށް ވޯޓަށް އެހުން އޮންނާނީ ކޮންމެ ބުދަ ދުވަހެއްގެ 12:00 ގައި ކަމަށެވެ.
ނަމަވެސް އެދުވަހުން އެދުވަހަށް ކޮންމެހެން ނިންމަން ޖެހޭ ކަމެއް އޮތް ނަމަ، އެދުވަހެއްގައި އެ ކަމަކަށް ވޯޓަށް އައްސަވާނެ ކަމަށްވެސް އީވާ ވިދާޅުވި އެވެ.