ރާއްޖެއިން ހޭދަކުރަމުން މިދަނީ ކޮވިޑުގައި ރާއްޖެއަށް ކުރިމަތިވި އެންމެ ހިތްދަތި ދުވަސްތައް: ރައީސް

މިހާރު ރާއްޖެއިން ހޭދަކުރަމުން މިދަނީ ކޯވިޑުގައި ރާއްޖެއަށް ކުރިމަތިވި އެންމެ ހިތްދަތި  ދުވަސްތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއީ ހިތާމަވެރި ދުވަސްވަރެއް ކަމަށާއި ކުޑަ ދުވަސްކޮޅަކަށް ބަލި ކޮންޓްރޯލް ކުރެވުމަށްފަހު މިދިޔަމަހުން ފެށިގެން ރާއްޖޭގައި ވަރަށް ބޮޑަށް ބަލި ފެތުރެން ފަށާފައިވާކަމަށެވެ.

އިޝްތިހާރު Below Header ad

ރައީސް ވިދާޅުވީ ވޭތުވެދިޔަ ދޮޅު އަހަރުގެތެރޭގައި ވަރުބަލިކަމެއް ނެތި ސިއްޙީ ޚިދުމަތްތެރިން ބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށާއި ނަމަވެސް ފާއިތުވި 2 މަސްދުވަހު ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވުމުން ބަލިޖެހޭ މީހުންނަށް އެކަށީގެންވާ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެހެންނަމަވެސް ސިއްޙީ ޚިދުމަތްތެރިން އަދިވެސް ތިއްބެވީ ހިތްވަރާއެކު މިމަސައްކަތުގައި ޤައުމީ ޚިދުމަތުގައިކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އަމިއްލަ ފަރާތްކުންވެސް އެއްބާރުލުން ދެއްވައި، މި ހާލަތުން އަރައިގަތުމަށް އަތުކުރި އޮޅާލުމަށާއި މި ފިޔަވަޅުތައް ތަންފީޒްކޮށް ހިންގިއްޖެނަމަ މާ ގިނަ ދުވަހެއް ނުވެ ޢާންމު ހާލަތަށް ރުޖޫއަވުމުގެ އުއްމީދު އާވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.