ކޮވިޑުގެ ހާލަތު ރާއްޖޭގައި ގޯސްވީ ލުއިތައް ދިނުމުގެ ސަބަބުން: ރައީސް ސޯލިހު
ކޮވިޑުގެ ހާލަތު ރާއްޖޭގައި ގޯސްވީ ލުއިތައް ދިނުމުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކޮވިޑާއިގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް މިހާރުކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ރައީސް ވިދާޅުވީ ކޮވިޑުގެ ހާލަތު ގޯސްވުމުގެ އެންމެ މުހިންމު ސަބަބަކީ އޭޕްރީލް މަހު ކުރީކޮޅު ދިން ލުއިތައް ކަމަށެވެ.