މާދަމާއިން ފެށިގެން ޓޭކްއަވޭ އާއި ޑެލިވަރީ ޚިދުމަތް ދެވޭނެ ގަޑިތައް ކަނޑައަޅައިފި

މާދަމާއިން ފެށިގެން ޓޭކްއަވޭ އާއި ޑެލިވަރީ ޚިދުމަތް ދެވޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އެ މިނިސްޓްރީން ބުނީ ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަނުން ޑެލިވަރީ ޚިދުމަތް ދެވޭނީ އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު ހެނދުނު 6.00 އިން މެންދަމު 12.00 އަށް ކަމަށެވެ. އަދި ޓޭކްއަވޭގެ ޚިދުމަތް ދެވޭނީ އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު ހެނދުނު 8.00 އިން ހަވީރު 4.00 އަށް ކަމަށެވެ.

އިޝްތިހާރު Below Header ad

ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޑެލިވަރީ މުވައްޒަފުންނަށް ހުއްދަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޯޓަލްގެ މެދުވެރިކޮށް ހޯދޭނެ ކަމަށާއި ކޮންމެ ތަނަކަށް ވެސް ސަޕޯޓް ސްޓާފުންނަށް ހަތަރު ފާސް އަދި ޑެލިވަރީ ސްޓާފުންނަށް ދެ ފާސް ދޫކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

https://www.police.gov.mv/permit/

މީގެ އިތުރުން، އިތުރު މުވައްޒަފުންނަށް ހުއްދަ ބޭނުންވާނަމަ އިކޮނޮމިކް މިނިސްޓްރީއަށް ހުށައެޅުން އިތުރަށް ދިރާސާކުރުމަށްފަހު ހުއްދަ ދޫކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އެގޮތުން އިތުރު ހުއްދައަށް އެދޭ ކޮންމެ ފަރާތަކުންވެސް ޖުމްލަ މުވައްޒަފުންގެ އަދަދު 10 އަށްވުރެ އިތުރުވާނަމަ ދެ ދަންފަޅިއަކަށް ބަހާލައިގެން ޑިއުޓީ ގަޑި ކަނޑައަޅައި އެކްސެލް ޝީޓުގައި ބަޔާން ކުރުމަށް ވަނީ އެދިފަ އެވެ.

މުދާ ވިއްކާ ތަންތަނުން ޑެލިވަރީ ޚިދުމަތް ދެވޭނީވެސް އެގަޑިތަކުގައި ކަމަށާއި ހުއްދަ ހޯދުމުގަައި އަމަލު ކުރަން ޖެހޭނީވެސް ކުރީން ބުނެފައިވާ ގޮތަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

https://www.gazette.gov.mv/iulaan/view/152490

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.