ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅިގެން އެމްޕީއެލް ގެ ބަސް ދަތުރުތައް މެދުކަނޑާލަނީ
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަހައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބަސްދަތުރުތަކުގެ ޚިދުމަތްތައް މެދުކަނޑާލައިފި އެވެ.
އެމްޕީއެލް އިން ބުނީ ގްރޭޓަރ މާލެ ޓްރާންސްޕޯޓް ލިންކް މެދުވެރިިކޮށް އެ ކުންފުނިން ދެމުން ގެންދާ ބަހުގެ ޚިދުމަތްތައް މެދުކަނޑާލާފައި ވީނަމަވެސް، ޚާއްސަ ހުއްދަ އޮންނަ ފަރާތްތަކަށާއި ވަޒީފާއަށް ދާ ފަރާތްތައް ދަތުރު ދަތުރުކުރުމަށް ވަކި ގަޑިތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން އާންމު ބަހުގެ ހިދުމަތް މެއި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލުން. https://t.co/ghASZWu0Nv
— Maldives Ports Limited (@Portmv) May 25, 2021
އެމްޕީއެލުން މި ފިޔަވަޅު އަޅާފައި ވާއިރު، ގްރޭޓަރ މާލެ ސަރަހައްދުގައި ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ވަނީ ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު އިއުލާން ކޮށްފައެވެ. އަދި ކާފިއު ނޫން ވަގުތުތަކުގައި ވެސް ބޭރަށް ނިކުމެ އުޅެވޭނީ ފުލުހުންގެ ހުއްދައާއެކު ކޮންމެ ގޭބިސީއަކުން 2 މީހަކަށެވެ.