މާމިގިލީ މަގުތަކުގެ ސައިޑްވޯކް ޕޭވް ކުރުމަށް ޕޭވިން ބުލޮކްސް އެރަށަށް ގެންގޮސްފި

އދ. މާމިގިލީ މަގުތަކުގެ ސައިޑްވޯކް ޕޭވް ކުރުމަށް ބޭނުންވާ ޕޭވިން ބުލޮކްސް އެރަށަށް ގެންގޮސްފި އެވެ.

އެ މަސައްކަތް ކުރާ ކުންފުނި އާރްޑީސީ އިން ބުނީ މި ތަކެތި މިހާރުވަނީ އެރަށަށް ގެންގޮސް އަންލޯރޑް ކުރަމުގެ މަރުހަލާގައި ކަމަށެވެ.

އިޝްތިހާރު Below Header ad

މާމިގިލީ މަގުތައް ހަދަނީ ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ކަމަށާއި މިއީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ ފުރަތަމަ މަޝްރޫޢު ކަމަށް ވެސް އާރްޑީސީން ބުނެއެވެ. އަދި މި މަސައްކަތުގެ ދަށުން އެރަށުގެ 6 މަގެއްގައި 4.89 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެ ކަމަށް ވެސް ބުންޏެވެ.

RDC 2

އެ ކުންފުނިން ބުނީ މަގުތައް ހަދަނީ ބޭނުންކުރަން ފަސޭހަ އަދި ފެންބޮޑުވުން ކުޑަވާނެގޮތްތަކަށް ފަރުމާކޮށްގެން ކަމަށާއި ވާރޭވެހުމުން ބިންގަނޑަށް ފެން ހިންދޭނެގޮތަށް ކަމަށެވެ.

މީގެ އިތުރުން ވާރޭވެހި ފެންބޮޑުވެއްޖެނަމަ ފެން ހިންދުމަށް ސްޓޯމް ވޯޓަރ ސިސްޓަމާއި ޕަމްޕް ސްޓޭޝަން ވެސް އެރަށުގައި ބަހައްޓާނެ ކަމަށެވެ.

RDC 1 1

14 މަސްދުވަހުން މަސައްކަތް ނިންމާގޮތަށް އެ މަސައްކަތް އާރްޑީސީ އިން މި މަޝްރޫޢު ކުރިއަށްގެންދަނީ ސަރުކާރުގެ ބަޖެޓުން 10މިލިއަން ރުފިޔާ ޚަރަދުކޮށްގެން ނެވެ.

މިއީ 2020 ގެ ބަޖެޓުގައި ހިމަނައިގެން ފެށި މަސައްކަތެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.