ބައެއް ޤައުމުތަކުން އަންނަ މީހުން ބަޙްރައިންއަށް އެތެރެވުން މަނާ ކޮށްފި

މޭ މަހުގެ 24 އިން ފެށިގެން ބަހްރޭންގެ “ރަތް ލިސްޓް”ގައި ހިމެނޭ ޤައުމުތަކުން އަންނަ މީހުން އެޤައުމަށް އެތެރެވުން މަނާ ކޮށްފި ކަމަށް އެޤައުމުގެ ރަސްމީ ނޫސް އޭޖެންސީ (ބަޙްރޭން ނޫސް އޭޖެންސީ، ބީ.އެން.އޭ) އިން ބުނެފިއެވެ. ބަހްރޭންގެ ރަތް ލިސްޓުގައި ހިމެނެނީ އިންޑިޔާ، ޕާކިސްތާން، ސްރީ ލަންކާ، ބްނގްލަދޭޝް އަދި ނޭޕާލެވެ.

މީގެ އިތުރުން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކޮންމެ ޤައުމަކުން ވެސް ބަޙްރޭނަށް އެތެރެވާ ކޮންމެ މީހަކު ވެސް (ވެކްސިން ޖަހާފައި އަދި ނުޖަހާ ހުރި ކަމުގައި ވިޔަސް) ގޭގައި ނުވަތަ ކަރަންޓީން ވުމަށް ކަނޑައަޅާފައިވާ ފެސިލިޓީއެއްގައި 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރުން ލާޒިމް ކޮށްފައިވާ ކަމަށް ވެސް ބީ.އެން.އޭއިން ބުނެފައިވެއެވެ.

އިޝްތިހާރު Below Header ad

ކޮވިޑް19 ބައެއް ޤައުމުތަކުގައި ވަރަށް ހަލުވިކަމާއެކު ފެތުރެމުންދެއެވެ. އެގޮތުން އިންޑިޔާގައި ވެސް ކޮވިޑްގެ އައު ވޭރިއެންޓެއް ފެތުރި، އެތައް ހާސް ބަޔަކު މަރުވެފައި ވާއިރު، ކޮވިޑްގެ ސަބަބުން ކަޅު ފަންގަސް ފަދަ ނުރައްކާތެރި ބަލިތައް ވެސް ދަނީ ފެތުރެމުންނެވެ. މި ސަބަބަށް ޓަކައި ބައެއް ޤައުމުތަކުން ވަނީ ޓްރެވަލް ބޭން ވެސް ނެރެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.