އިންޑީއާގެ އައު ވޭރިއަންޓަށް ފައިޒާއާއި އެސްޓްރާ ޒެނެކާ ވެކްސިން ކާމިޔާބު

އިންޑީޔާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ގެ އައު ވޭރިއަންޓަށް ފައިޒާ ވެކްސިނާއި އޮކްސްފޯޑްގެ އެސްޓްރާ ޖެނެކާ ވެކްސިންގެ 2 ޑޯޒްއިން ކާމިޔާބުކަމާއެކު އަސަރު ކުރާކަމަށް އިނގިރޭސި ވިލާތުގެ ޕަބްލިކް ހެލްތު އިންގްލަންޑް (ޕީ.އެޗް.އީ) އިން ހެދި ދިރާސާތަކުން ދައްކައިފިއެވެ.

އިންޑިޔާއިން އަލަށް ފެނިފައިވާ ކޮވިޑް ވޭރިއަންޓަށް ފައިޒާ ވެކްސިން %88 އަދި އޮކްސްފޯޑް އެސްޓްރާ ޒެނެކާ %60 ކާމިޔާބު ކަމަށް އެ އޮތޯރިޓީގެ ދިރާސާޢިން ދައްކާފައިވެއެވެ. އިންޑިޔާ ވޭރިއަންޓަށާއި އިންގިރޭސި ވިލާތުގައި ފެތުރެމުންދާ ވޭރިއަންޓަށް މި 2 ވެކްސިންގެ 2 ޑޯޒުގެ އަސަރު ކުރަނީ ދާދި އެއްވަރަކަށް ކަމަށް ވެސް އޮފިޝަލުން ބުނެފައިވެއެވެ. އިންގިރޭސި ވިލާތުގައި ފެތުރޭ ވޭރިއަންޓަށް ފައިޒާ ވެކްސިން %93 ކާމިޔާބުވާއިރު އޮކްސްފޯޑް އެސްޓްރާ ޒެނެކާ ވެކްސިނުން ފެނިފައި ވަނީ %66 ކާމިޔާބީއެކެވެ.

އިޝްތިހާރު Below Header ad

އިންގިރޭސިވިލާތުގެ ސިއްޙީ ވަޒީރު ބުނެފައި ވަނީ، މިއީ މުޙިއްމު ދިރާސާއެއް ކަމަށާއި، މި ދަރާސާގެ ސަބަބުން އުންމީދު އައުވެ، ކޮވިޑްގެ ސަބަބުން މިހާރު އިނގިރޭސިވިލާތުގައި ސަރުކާރުން އަޅާފައިވާ ފިޔަވަޅު ތަކަށް އަންނަ މަސްތެރޭގައި ލުޔެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

އިންގިރޭސި ވިލާތުގެ ހެލްތު ސެކެޓްރީ މެޓް ހެންކޮކް ބުނެފައި ވަނީ، މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، މީގެން ދޭހަ ކޮށްދެނީ އިނގިރޭސި ވިލާތުގެ ލޮބުވެތި ރައްޔިތުންގެ ހިމާޔަތަށް ޓަކައި އެޤައުމުން ކުރިއަށް ގެންދިޔަ ވެކްސިން ޕްރޮގްރާމްގެ ފުރިހަމަކަން ކަމުގައެވެ. އަދި މި ކާމިޔާބީއާއެކު ކޮވިޑށްގެ ސަބަބުން މިހާރު އަޅާފައިވާ ފިޔަވަޅު ތަކަށް ލުޔެއް ލިބިގެން ދާނެ ކަމުގެ އުންމީދު ބޮޑު ކަމަށްވެސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.