އިޒްރާއީލް ސިފައިންގެ މަދަދާއެކު ޔަހޫދީން އަޤްސާއަށް ވަދެއްޖެ

ހަތިޔާރުއެޅި އިޒްރާއީލް ސިފައިންގެ އެހީތެރިކަމާއެކު އިޒްރާއީލްގެ ޔަހޫދީން މަސްޖިދް އަލް އަޤްސާއަށް ވަދެއްޖެއެވެ. އިރުމަތީ ޤުދުސްގެ މަސްޖިދް އަލް އަޤްސާގެ ކޮމްޕައުންޑަށް ޔަހޫދީންގެ އެތައް ބަޔަކު ވަދެފައި މިވަނީ ޣައްޒާއަށް ދިން ހަމަލާތައް މެދުކަނޑާލުމުން މުސްލިމުން މަސްޖިދް އަލްއަޤްސާގައި އަޅުކަމުގައި ވަނިކޮށް، އިޒްރާއީލް ސިފައިން އެތަނަށް ވަދެ އަޅުކަމުގައި ތިބި މުސްލިމުންނަށް ޙަމަލާދިންތާ ވަގުތުކޮޅެއް ފަހުންނެވެ. ޙަމަލާ ހުއްޓާލުމަށް އެއްބަސް ވުމަށް ފަހުވެސް އިޒްރާއީލް ސިފައިން ވަނީ އަޤްސާގައި ތިނި މުސްލިމުންނަށް ޙަމަލާދީ އަނިޔާކޮށް، މިސްކިތުން ބޭރު ކޮށްފައި ކަމަށް މިސްކިތް ބަލަހައްޓާ ފަރާތުން ވަނީ މަޢުލޫމާތު ދީފައެވެ.

މަންޒަރު ދުށް ފަރާތްތަކާއި ހަވާލާދީ ފަލަސްތީންގެ ނޫސް އޭޖެންސީއެއް ކަމަށްވާ ވަފާ ނޫހުގައި ބުނެފައި ވަނީ، ޔަހޫދީ ރައްވެހިން އަޤްސާއަށް ވަނުމަށް މަގުފަހި ކުރުމަށްޓަކައި އިޒްރާއީލް ސިފައިން ވަނީ މިއަދު ހެނދުނު ފަތިސް ނަމާދަށް އަޤްސާގައި ނަމާދުކުރަން ތިބި ބަޔަކަށް ޙަމަލާދީ، ބާރުގެ ބޭނުން ކޮށްގެން މިސްކިތުގެ ހަރިއްމައިން މުސްލިމުން ނެރެ މުޅި މިސްކިތް ހުސްކޮށްފައެވެ.

އިޝްތިހާރު Below Header ad

މި ހާދިސާގައި ފަލަސްތީންގެ 6 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެތެރޭގައި މި ހާދިސާ ވީޑިއޯ ކުރުމަށް މަސައްކަތް ކުރި އަޤްސާ މިސްކިތުގެ ގާޑެއް ކަމަށްވާ ފަދީ އަލްޔާންއާއި، އުރުދުންގެ އިސްލާމީ ކައުންސިލް ކަމުގައިވާ އިސްލާމިކް ވަޤްފް ކައުންސިލުން އަޤްސާ މިސްކިތުގެ ކޮމްޕައުންޑް ބެލެހެއްޓުމަށް ހަމަޖައްސާފައިވާ މުވައްޒަފެއް ކަމުގައިވާ ޢަލީ ވަޒޫޒް ހިމެނެއެވެ.

މީގެ އިތުރުން އިޒްރާއީލުން ވަނީ ފަލަސްތީނުގެ އުމުރުން 45 އަހަރުން ދަށުގެ މީހުން އަޤްސާއަށް ވަނުން މަނާކޮށް، އަޤްސާއަށް ވަންނަ ގޭޓް ކައިރީގައި ފިޔަވަޅުތައް އިތުރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.