ޔޫރޯ 2020: މުބާރާތް ކުޅޭ ސްޓޭޑިއަމްތައް

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ޔޫރަޕުގެ 11 ގައުމެއްގައި ކުޅޭއިރު، މިއީ ޔޫރޯގެ ތާރީޚުގައި މިގޮތައް މުބާރާތް ކުޅޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި މުބާރާތް ކުޅެމުން އައީ މުބާރާތުގެ ހޮސްޓުންގެ ގޮތުގައި ކުޅޭ ހަމަ އެކަނި ޔޫރަޕުގެ އެއް ގައުމެއްގައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތް މިފަހަރު ޔޫރަޕުގެ ތަފާތު 11 ގައުމެއްގައި ކުޅެން ހަމަޖައްސާފައި މިވަނީ މި މުބާރާތަށް 60 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުންނެވެ. އެގޮތުން މިފަހަރުގެ މުބާރާތް ބާއްވާ ޔޫރަޕުގެ 11 ގައުމަކީ އަޒަރަބައިޖާން. ޑެންމާކް، އިންގްލެންޑް، ޖާމަނީ، ހަންގޭރީ، އިޓަލީ، ނެދަލެންޑް، ރޫމޭނިއާ، ރަޝިއާ، ސްކޮޓްލެންޑް އަދި ސްޕެއިންއެވެ.

އިޝްތިހާރު Below Header ad

މުބާރާތުގެ މެޗުތައް ކުޅޭ ސްޓޭޑިއަމްތައް:

ޖޯހަން ކްރައިފް އެރީނާ ( އާމްސްޓަޑަމް، ނެދަލެންޑްސް)

bf

މި ސްޓޭޑިއަމް އަކީ 1996 ވަނަ އަހަރު 140 މިލިއަން ޔޫރޯ ޚަރަދުކޮށްގެން 2000 ވަނަ އަހަރު ބޭއްވުނު ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުކުރި ސްޓޭޑިއަމް އެކެވެ. ނެދަލެންޑުގެ މައި ސިޓީގެ އާމްސްޓާޑަމްގެ މި ސްޓޭޑިއަމްކީ 55،500 މީހުންގެ ޖާގައިގެ ސްޓޭޑިއަމް އެކެވެ. މި ސްޓޭޑިއަމް އަކީ 2000 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އިތުރުން 1998 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް މެޗު ވެސް ކުޅުނު ސްޓޭޑިއަމްއެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ހަތަރު މެޗެއް މި ސްޓޭޑިއަމްގައި ކުޅޭނެއެވެ. އެއީ ގްރޫޕް ސްޓޭޖުގެ ގުރޫޕް ސީގެ ތިން މެޗާއި ގަދަ 16 ވަނަ ބުރުގެ އެއް މެޗެވެ.

އޮލިމްޕިކް ސްޓޭޑިއަމް ( ބަކޫ، އަޒަރަބައިޖާން)

އަޒަރަބައިޖާންގެ ސިޓީއެއް ކަމުގައިވާ ބަކޫގައި އޮންނަ މި ސްޓޭޑިއަމް އަކީ 2015 ވަނަ އަހަރު ބިނާކުރި ސްޓޭޑިއަމް އެކެވެ. 68700 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމްގައި މި ފަހަރުގެ ޔޫރޯ ފުޓްބޯޯޅަ މުބާރާތުގެ ގްރޫޕް އޭގެ ގުރޫޕް ސްޓޭޖު ތިން މެޗުގެ އިތުރުން ކުއާޓާފައިނަލްގެ މެޗެއް މި ސްޓޭޑިއަމްގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

އަޒަރަބއިޖާންގެ ދެވަނަ އަށް އެންމެ ބޮޑު ސްޓޭޑިއަމް ކަމުގައިވާ ބަކޫ އޮލިމްޕިކް ސްޓޭޑިއަމް އަކީ 2019 ވަނަ އަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލް މެޗު ކުޅުނު ސްޓޭއިމްއެވެ.

އެރީނާ ނެޝަނަލާ ސްޓޭޑިއަމް ( ބުކަރެސްޓް، ރޯމޭނިއާ)

1200px Arena bukareszt

ރޯމޭނިއާގެ ސިޓީއެއް ކަމުގައިވާ ބުކަރެސްޓްގައި އޮންނަ މި ސްޓޭޑިއަމް އަކީ 2011 ވަނަ އަހަރު 234 މިލިއަން ޔޫރޯ ހޭދަކޮށްގެން ބިނާކުރެވުނު ސްޓޭޑިއަމް އެކެވެ. ދިގުމިނުގައި 105 މީޓަރު އަދި ފުޅާ މިނުގައި 68 މީޓަރު ހުންނަ މި ސްޓޭޑިއަމް އަކީ 55،600 މީހުންގެ ޖާގައިގެ ސްޓޭޑިއަމް އެކެވެ. މި ސްޓޭޑިއަމް ގައި ކުޅޭނީ ގުރޫޕް ސީގެ ތިން މެޗުގެ އިތުރުން ގަދަ 16 ވަނަ ބުރުގެ އެއް މެޗެވެ. މި ސްޓޭޑިއަމް އަކީ 2012 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ފައިނަލް މެޗު ވެސް ކުޅެވުނު ސްޓޭޑިއަމް އެވެ.

ޕުސްކަސް އެރީނާ ( ބުޑަބެސްޓް، ހަންގޭރީ )

EI1smeGXsAAYqtT

ހަންގޭރީގެ ބުޑަޕެސްޓްގައި އޮންނަ މި ސްޓޭޑިއަމް އަކީ 2017 ވަނަ އަހަރު ބިނާކުރި ސްޓޭޑިއަމް އެކެވެ. މި ސްޓޭޑިއަމް އަޕްގްރޭޑު ކުރުމަށް ފަހު އަލުން ހުޅުވާފައިވަނީ 2019 ވަނަ އަހަރުގައެކެވެ. 533 މިލިއަން ޔޫރޯ ޚަރަދު ކޮށްގެން ހަދާފައިވާ މި ސްޓޭޑިއަމް އަކީ 67،889 މީހުންގެ ޖާގައިގެ ސްޓޭޑިއަމް އެކެވެ.

ހަންގޭރީގެ މަޝްޙޫރު ފުޓްބޯޅަ ލެޖެންޑް ފެރެކް ޕުސްކާސްގެ ނަމުން ނަން ދެވިފައިވާ މި ސްޓޭޑިއަމްގައި މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އެފްގެ ތިން މެޗެއްގެ އިތުރުން ގަދަ 16 ވަނަ ބުރުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

 

ޕާކެން ސްޓޭޑިއަމް ( ކޯޕެންހޭގަން، ޑެންކާމް)

ScanBox Parken Stadium Denmark 1

ޑެންމާކްގެ ކޯޕެންހޭގަން ގައި ހުންނަ ޕާކެން ސްޓޭޑިއަމް އަކީ ޑެންމާކުގައި މިވަގުތު އޮތް އެންމެ ފެންވަރު ރަނގަޅު އެންމެ ބޮޑު ސްޓޭޑިއަމް އެވެ. 85.3 މިލިއަން ޔޫރޯ ޚަރަދު ކޮށގެން ހަދާފައިވާ މި ސްޓޭޑިއަމް އަކީ ދިގުމިނުގައި 105 އަދި ފުޅާމިނުގައި 68 މީޓަރު ހުންނަ ސްޓޭޑިއަމްއެކެވެ. 1992 ވަނަ އަހަރު ހުޅުވި މި ސްޓޭޑިއަމް އަށް ބޮޑެތި ބަދަލުދަތެއް ގެނެސް ޒަމާނީ ފެންވަރަށް ތަރައްގީކޮށް އަލުން ހުޅުވާފައިވަނީ 2009 ވަނަ އަހަރުގައެވެ. މި ސްޓޭޑިއަމް އަކީ 38،065 ޖާގައިގެ ސްޓެޑިއަމް އެކެވެ. ނަމަވެސް މި ސްޓޭޑިއަމް އަކީ މިފަހަރުގެ ޔޫރޯ އަށް ބޭނުން ކުރާ އެންމެ ޖާގައިގެ ގޮތުން ކުޑަ ސްޓޭޑިއަމްއެވެ.

މި ސްޓޭޑިއަމްގައި މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގެ ތިން މެޗުގެ އިތުރުން ގަދަ 16 ވަނަ ބުރުގެ އެއް މެޗު ކުޅެން ވަނީ ހަމަޖެހިގައެވެ.

 

ހޭމްޕްޑެން ޕާކް ( ގްލަސްގޯ، ސްކޮޓްލެންޑް)

download 1

ސްކޮޓްލެންޑްގެ ގްލަސްގޯގެ މައުންޓް ފްލޮރިޑާގައި ހުންނަ ގިނަ ޒަމާންތަކެއް ވެފައިވާ މި ސްޓޭޑިއަމް އަކީ 51،866 މީހުންގެ ޖާގައި ސްޓޭޑިއަމް އެކެވެ. 1903 ވަނަ އަހަރު ހުޅުވުނު މި ސްޓޭޑިއަމް އަލުން މަރާމާތުކޮށް ހުޅުވާފައިވަނީ 1999 ވަނަ އަހަރުގައެވެ. މިއީ ސްކޮޓް ލެންޑްގެ އެންމެ ދުވަސްވީ ތާރީޚީ ސްޓޭޑިއަމްއެވެ. މީގެ ކުރިން ޔޫރޯގެ ތިން ފައިނަލެއްވެސް ކުޅެފައިވާ މި ސްޓޭޑިއަމް އަކީ 2007 ވަނަ އަހަރުގެ ޔޫއެފާ ކަޕް ގެ ފައިނަލްގެ އިތުރުން 2012 ވަނަ އަހަރު އޮލިމްޕިކް ކުޅީވަރު މުބާރާތް ވެސް ބޭއްވުނު ސްޓޭޑިއަމް އެވެ.

މި ސްޓޭޑިއަމްގައި މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޑީގެ ތިން މެޗެއްގެ އިތުރުން ގަދަ 16 ވަނަ ބުރުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައިއެވެ.

ވެމްބްލީ ސްޓޭޑިއަމް ( ލަންޑަން، އިންގްލެންޑް )

wembley stadiumjpg

ވެމްބްލީ ސްޓޭޑިއަމް އަކީ އިނގިރޭސި ވިލާތުގެ އެންމެ ނަން މަޝްޙޫރު އެއް ސްޓޭޑިއަމްއެވެ. މީގެ 14 އަހަރު ކުރިން ހުޅުވުނު މި ސްޓޭޑިއަމްއަކީ 54،990 މީޙުންގެ ޖާގައިގެ ސްޓޭޑިއަމް އެކެވެ. ދިގު މިނުގައި 105 މީޓަރު އަދި ފުޅާ މިނުގައި 68 މީޓަރު ހުންނަ މި ސްޓޭޑިއަމް އަކީ 789 މިލިއަން ޕައުންޑް ޚަރަދުކޮށްގެން ހަދާފައިވާ ސްޓޭޑިއަމް އެކެވެ.

މިފަހަރުގެ ޔޫރޯ މުބާރާތުގެ ގުރޫޕް ޑީގެ ތިން މެޗެއް މި ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މީގެ އިތުރުން ގަދަ 16 ވަނަ ބުރުގެ މެޗަކާއި ސެމީ ފައިނަލް މެޗެއްގެ އިތުރުން ޔޫރޯ 2020 ގެ ފައިނަލް މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ މި ސްޓެޑިއަމް ގައެވެ.

އެލިއަންސް އެރީނާ ( ބަޔާންމިޔުނިކް، ޖަރުމަން)

allianz arena muc030bedu r mob

2005 ވަނަ އަހަރު ހުޅުވުނު މި ސްޓޭޑިއަމް އަކީ ޖަރުމަނުގެ އެންމެ މަޝްޙުރު ސްޑޭޑިއަމްއެވެ. 340 މިލިއަން ޔޫރޯ ޚަރަދުކޮށްގެން ހަދާފައިވާ މި ސްޓޭޑިއަމް އަކީ 70،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއެކެވެ. ދިގުމިނުގައި 105 މީޓަރު އަދި ފުޅާ މިނުގައި 68 މީޓަރު ހުންނަ މި ސްޓޭޑިއަމްގައި މިފަހަރު ޔޫރޯ މުބާރާތުގެ ހަތަރު މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ގުރޫޕް ސްޓޭޖުގެ ގުރޫޕް އެފްގެ ތިން މެޗުގެ އިތުރުން ކުއާޓާ ފައިނަލްގެ މެޗެކެވެ.

މި ސްޓޭޑިއަމް އަކީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓެޖުގެ ހަ މެޗެއްގެ އިތުރުން 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް މެޗުވެސް ކުޅުނު ސްޓޭޑިއަމް އެވެ.

ސްޓޭޑިއޯ އޮލިމްޕިކޯ (ރޯމް، އިޓަލީ) 

މިއީ އިޓަލީގެ ރޯމްގައި ހުންނަ އެންމެ ޒަމާންވީ އަދި އެންމެ ކުޅިވަރު ފެސިލިޓީސްތައް އެންމެ ގިނަ ސްޓޭޑިއަމްއެވެ. 1953 ވަނަ އަހަރު ހުޅުވި މި ސްޓޭޑިއަމް އަށް ޒަމާނީ ބަދަލުތަކެއް ގެނެސް ޖާގަ އިތުރުކޮށް އަލުން ހުޅުވާފައިވަނީ 1990 ވަނަ އަހަރުގައެވެ. 72،698 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމްގައި ދިގުނިމުގައި 105 މީޓަރު އަދި ފުޅާ މިނުގައި 66 މީޓަރު ހުރެއެވެ.

ޔޫރޯގެ ގިނަ މުބާރާތްތަކެއް މި ސްޓޭޑިއަމްގައި މީގެ ކުރިންވެސް ވަނީ ކުޅެފައެވެ. އެގޮތުން 1968 އާއި 1980 ގެ ޔޫރޯ މުބާރާތުގެ ގިނަ މެޗުތަކެއް ވަނީ މި ސްޓޭޑިއަމްގައި ކުޅެފައިއެވެ. މީގެ އިތުރުން 1990 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ މެޗުތަކެއް ވެސް ވަނީ ކުޅެފައެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ހަތަރު މެޗެއް މި ސްޓޭޑިއަމްގައި ކުޅޭނެއެވެ. އެއީ ގުރޫޕް ސްޓޭގުައި ގްުރޫޕް އޭގެ ތިން މެޗަކާއި ކުއާޓާ ފައިނަލްގެ މެޗެކެވެ.

ކްރެސްޓޯސްކީ ސްޓޭޑިއަމް (ސެއިންޓް ޕީޓާސްބާގް، ރަޝިއާ)

thumb2 krestovsky stadium saint petersburg stadium zenit arena 4k russian football stadium

597 މިލިއަން ޔޫރޯ ހަރަދުކޮށް ގެން ހަދާފައިވާ މި ސްޓޭޑިއަމް އަކީ ރަޝިއާގައި މިވަގުތު އޮތް އެންމެ ގިނަ މީޙުންނަށް ވަދެވޭ އެންމެ ބޮޑު އެއް ސްޓޭޑިއަމްއެވެ. 2017 ވަނަ އަހަރު ހުޅުވި މި ސްޓޭޑިއަމް އަކީ 2018 ވަނަ އަހަރު ފީފާއިން ބޭއްވި ވޯލްޑް ކަޕް މުބާރާތައް ތައްޔާރުކުރި ސްޓޭޑިއަމްއެކެވެ. މި ސްޓޭޑިއަމްގެ ބޮޑުމިނަށް ބަލާއިރު، ދިގު މިނުގައި 105 މީޓަރު އަދި ފުޅާ މިނުގައި 68 މީޓަރު ހުރެއެވެ. މިއީ 68،134 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއެކެވެ.

މީގެ ކުރިން މި ސްޓޭޑިއަމްގައި މާގިނަ މުބާރާތަކެއް ކުޅެފައި ނުވި ނަމަވެސް 2017 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަން ކަޕުގެ މެޗުތަކާއި 2018 ވަނަ އަހަރު ފީފާ ވޯލްޑް ކަޕު ހަތް މެޗެއް މި ސްޓޭޑިއަމްގައި ކުޅެފައިވެއެވެ. މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ހަތަރު މެޗެއް މި ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ގުރޫޕް ސްޓޭޖުގައި ގްރޫޕް ބީގެ ތިން މެޗަކާއި ގުރޫޕް އީގެ ތިން މެޗު މި ސްޓޭޑިއަމްގައި ކުޅެވޭނެއެވެ.

އެސްޓޭޑިއޯ ލަ ކަޓޫކާ (ސެވިއްޔާ، ސްޕެއިން)

estadio olimpico 20155714 20190329175458 20359469 20200212121805

120 މިލިއަން ޔޫރޯ ޚަރަދުކޮށްގެން 1999 ވަނަ އަހަރު ބޭއްވުނު ވޯލްޑްލް ޗެމްޕިއަން އެތްލެޓިކް އަށް ތައްޔާރުކުރެވުނު މި ސްޓޭޑިއަމް އަކީ 60،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމް އެކެވެ. ޔޫއެފާގެ ހަތަރުވަނަ ކެޓަގަރީގެ މި ސްޓޭޑިއަމް އަކީ ސްޕެއިންގެ ނަން މަޝްޙޫރު ސްޓޭޑިއަމް އެކެވެ. 2003 ވަނަ އަހަރުގެ ޔޫއެފާ ކަޕް ފައިނަލް މެޗު ކުޅެފައިވަނީ މި ސްޓޭޑިއަމް ގައެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ހަތަރު މެޗެއް މި ސްޓޭޑިއަމްގައިވެސް ކުޅޭގޮތައް ވަނީ ހަމަޖެހިފައެވެ. ގުރޫޕް ސްޓޭޖުގައި ގުރޫޕް އީގެ ތިންމެޗާއި ގަދަ 16 ވަނަ ބުރުގެ މެޗެއް މި ސްޓޭޑިއަމްގައި ކުޅޭނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.