ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުރު ތައާރަފެއް

ޔޫރަޕުގެ އެންމެ ބޮޑު އަދި އެންމެ  ޝަރަފުވެރި ފުޓްބޯޅަ މުބާރާތަކީ ކޮންމެ ހަތަރު އަހަރަކުން އެއްއަހަރު ޔޫއެފާއިން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

މީގެ 63 އަހަރު ކުރިން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތް އެންމެ ފުރަތަމަ ބާއްވަން ފެށީގެ ޔޫރަޕިއަން ނޭޝަންސް ކަޕުގެ ނަމުގައެވެ. މިހާރުގެ ނަން  ޔޫރަޕިއަން ޗެންޕިއަންޝިޕް ނަމަށް ބަދަލުކޮށްފައިވަނީ 1968 ވަނަ އަހަރުގެ މުބާރާތަށް ފަހުގައެވެ. ޔޫއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ނަން 3 ގޮތަކަށް ބޭނުންކުރެއެވެ. އެއި ޔޫއެފާ ޔޫރޯ އަދި ކިޔާލަން ފަސޭހައަކަށް  ޔޫރޯ 2020 މިގޮތެވެ.

އިޝްތިހާރު Below Header ad

މިމުބާރާތުގެ ޚިޔާލު ފުރަތަމަ 1927ގައި، ގެނައީ ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަން އަދި ޔޫއެފާގެ ފުރަތަމަ ސެކެރެޓަރީ ޖެނެރަލް ހެންރީ ޑިލައުނީ އެވެ. މުބާރާތުގެ ފެށިގެން އައީ އޭނާ ނީޔާވިތާ 5 އަހަރު ފަހުން 1960 ގައެވެ. އެފަހަރު މުބާރާތުގައި ޑިލައުނީ އަށް ޝަރަފު ދިނުމުގެ ގޮތުން ތަށި ދީފައިވަނީ އޭނާގެ ނަން ހިމަނައިގެންނެއެވެ.

17 ގައުމަކުން ކޮލިފައިންގައި ބައިވެރިވެ، ފަހު ބުރުގައި 4 ޓީމު ވާދަކުރި މި މުބާރާތުގެ ކުއާޓާ ފައިނަލަށް ސްޕެއިން ޓީމު ރަޝިއާ (ޔޫއެސްއެސް އާރު)އާއި ދެކޮޅަށް ކުޅެން ހާޒިރުނުވީ އާއްމުންގެ ސިޔާސީ ޕްރެޝަރާއި ހެދިއެވެ.

ފައިނަލުގައި ޔުގޮސްލާވިއާ 2-1 ން ބަލިކޮށް ޗެމްއިއަންކަން ހޯދީ ސޮވިއެޓް ޔޫނިއަންއެވެ. އެމުބަރާތުގެ ތެރޭގައި ބައެއް ޓީމުތަކުން ( އިނގިރޭސިވިލާތް، އިޓަލީ، ނެދަރލޭންޑް، ހުޅަނގު ޖަރުމަނުން) ވަކިވީ ޔޫރަޕްގައި އޭރުއޮތް ސިޔާސީ ހަލަބޮލިކަމުގެ ސަބަބުންނެވެ.

ޔޫރަޕް ބައްރުގެ ޓީމުތައް ވާދަކުރާ ގޮތަށް ކޮންމެ 4 އަހަރުން އެއްއަހަރު ބާއްވަމުން އަންނަ މިމުބާރާތް ބާއްވާ މިއީ 16 ވަނަ ފަހަރެވެ. މުބާރާތުގެ ފަހު ބުރު 4 ން 8 ށް ބަދަލުކުރީ 1980 ގައެވެ. އަދި އެއިގެ ފަހުން 1996 ގައިވަނީ 16 ޓީމަށް ބަދަލުކޮށްފައެވެ. އަދި މި އަހަރަކީ މީއީ 24 ޓީމު ފަހު ބުރުގައި ވާދަކުރާ ގޮތަށް މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ.

މުބާރާތުގެ ފަހު ބުރަށް  ކޮލިފައިވަނީ ޔޫރަޕުގެ 55 ގައުމު 9 ގްރޫޕަކަށް ބަހާލައި އެއިގެތެރެއިން 8 ގްރޫޕްގައި، ކޮންމެ ގުރޫޕެއްގައި 6 ޓީމު އަނެއް  ގްރޫޕުގައި 5 ޓީމު، ހިމަނައިގެންކުޅެވޭ ކޮލިފައިން މެޗުތަކަކުންނެވެ.

މި 55 ޓީމު 24 ޖާގައަށް ވާދަކުރާ ގޮތަށް ކުޅެވޭ ކޮލިފައިން މެޗުތައް ކުޅެވެނީ ހޯމް އެން އަވޭ އުސޫލުންނެވެ. ކޮލިފައިން ގައި ކޮންމެ ގްރޫޕަކުން 1 ވަނަ އަދި 2 ވަނައަށް ދާ ޓީމުތައް ފައިނަލް ބުރަށް ކޮލިފައިވާ ގޮތަށެވެ.

ހުރިހާ ގްރޫޕެއްގެ 3 ވަނައިގެ ތެރެއިން، ކޮންމެ ގްރޫޕެއްގެ ވެސް ފުލަށް ދާ ޓީމު ނުހިމަނައި ހިސާބުކުރުމުން އެންމެ މޮޅު 3 ވަނައެއް ލިބޭ ޓީމުވެސް އޮޓޮމެޓިކުން ކޮލިފައިވާނެއެވެ. އަދި ބާކީ 4 ޖާގައަށް އަނެއް 8 ގްރޫޕުގެ 3 ވަނަ ޓީމުތައް ހޯމް އެންޑް އަވެ އުސޫލުން 2 ލެގް ގެ މެޗު ކުޅެގެން މޮޅުވާ 4 ޓީމަކަށް ފައިނަލް ބުރުން ޖާގަ ލިބެއެވެ.

ގަވައިދުން ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ބާއްވަމުން އަންނަ މި މުބާރާތް މިދިޔަ އަހަރު ނުބޭއްވި ލަސްވީ  ކޮވިޑް-19 އާއި ގުޅިގެންނެވެ.

ކުރިން ބޭއްވިދިޔަ މުބާރާތްތަކާއި ޚިލާފަށް މިއަހަރު ޔޫރޯ މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ ޔޫރަޕުގެ 11 ގައުމެއްގައެވެ.  އެއީ އަޒަރަބައިޖާން. ޑެންމާކް، އިންގްލެންޑް، ޖާމަނީ، ހަންގޭރީ، އިޓަލީ، ނެދަލެންޑް، ރޫމޭނިއާ، ރަޝިއާ، ސްކޮޓްލެންޑް އަދި ސްޕެއިންގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.