ކޮވިޑް-19: ލ. އަތޮޅުގެ ހާލަތު ގޯހުންގޯހަށް

ކޮވިޑް-19ގެ ކޭސްތަކުގެ ބިރުވެރިކަން މުޅި ލ. އަތޮޅަށް ބޮޑުވެއްޖެ އެވެ.

މާންދޫ ކްލަސްޓާއާއި ގުޅިގެން ފެތުރެން ފެށި ކޮވިޑް ކޭސްތައް މިހާރު ވަނީ މާންދޫއާއި އެއްފަސްވެފައިވާ ގަމާއި ފޮނަދޫގެ އިތުރުން ލ. އަތޮޅުގެ ގިނަ ރައްތަކަށް ފެތުރިފައެވެ.

އިޝްތިހާރު Below Header ad

އެގޮތުން ގަމު ރީޖަނަލް ހޮސްޕިޓަލުން އާންމުކުރި އިއްޔެގެ ތަފާސް ހިސާބު ތަކަށް ބަލާއިރު، ގަމުން އިތުރު 27 މީހަކު ވަނީ ކޮވިޑް އަށް ޕޮޒިޓިވްވެފައެވެ. އަދި އެ އަތޮޅު މާވަށުންވެސް 27 މީހަކު ޕޮޒިޓިވްވެފައި ވާއިރު، އިސްދޫން އިތުރު 14 މީހަކާއި މާންދޫން އިތުރު 10 މީހަކު އަދި ކަލައިދޫން އިތުރު 8 މީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ.

ކޮވިޑްގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ގަން ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަލީ ނަޝީދު ވިދާޅުވެފައިވަނީ އަތޮޅުން އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވި ދުވަހަކީ މިއީ ކަމަށާއި އިތުރުވި މި ކޭސްތަކާއެކު މިހާރު އެންމެ ނުރައްކާ ބޮޑުކަމަށް ބެލެވެނީ ގަމާއި މާވަށުގައި ކަމަށެވެ. ދެން އިސްދޫ އަދި ކަލައިދޫ ކަމަށެވެ.

ގަމުގެ އެކްޓިވް ކޭސް 111 އަށް އަރާފައިވާއިރު މާވަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު 86 އަށް އަރާފައިވާއިރު އިިސްދޫ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 68 އަށް އަރާފައެވެ.

ކޮވިޑުގައި ލާމު އަތޮޅުން މިހާތަނަށް ތިން މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.