ކޮވިޑް-19 އަށް ފަރުވާދޭ ޚާއްސަ ކްލިނިކެއް އޭޑީކޭ ގައި ހުޅުވައިފި

ކޮވިޑް-19 އަށް ފަރުވާދޭ ޚާއްސަ ކްލިނިކެއް އޭޑީކޭ ގައި ހުޅުވައިފި އެވެ.

ރާއްޖޭގެ އެންމެބޮޑު އަމިއްލަ ހޮސްޕިޓަލުން ބުނީ ފްލޫ ކްލިނިކުގެ ޚިދުމަތުގެ އަގަކީ 100 ރުފިޔާ ކަމަށާއި ކޮވިޑް-19 އަށް ފަރުވާދޭ ޔުނިޓުގައި ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކޭނީ 200 ރުފިޔާއަށް ކަަމަށެވެ.

އިޝްތިހާރު Below Header ad

އެ ހޮސްޕިޓަލުން ބުނީ ސުޕަރ ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދައްކަން ނަގާނީ 300 ރުފިޔާ ކަމަށާއި މިއީ މިހާރުވެސް އެ ހޮސްޕިޓަލުގައި އާންމުކޮށް ޚިދުމަތްދޭ އަގުތައް ކަމަށެވެ.

ފްލޫ ކްލިނިކް ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް 9:00 ން 16:00 އަށެވެ. އަދި ކޮންމެ ހުކުރު ދުވަހަކު 14:00 ން 16:00 އަށެވެ.

“ފްލޫ ކްލިނިކަށް ދައްކާނީ ހުން އައުން، ކެއްސާ، ރޯގާގެ އަލާމާތް އަދި ރަހަލުމާއި ވަސްދުވުމުގެ ހިއްސު ގެއްލުމުގެ އަލާމާތް ހުރެގެން ނުވަތަ ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްއަކާއި ކޮންޓެކްޓް ވެއްޖެ ހާލަތުގަ.” އޭޑީކޭ އިން ބުނެ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ ކޮވިޑް-19 އަށް ފަރުވާދޭ ޔުނިޓުން ހައި-ރިސް ފަރާތްތަކަށް މެޑިކަލް އެސެސްމެންޓް ހަދައިދީ، ތެލަސީމިއާ ފަރާތްތަކަށް ލޭ އަޅައިދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ. އަދި މާބަނޑު ފަރާތްތަކަށް އެފްއެޗްއެސް އަދި އެންއެސްޓީ ޚިދުމަތް ފަދަ ޚިދުމަތްތަކާއި އެކި ކަހަލަ އަނިޔާތަކަށް ވެސް ފަރުވާ ދޭނެކަމަށެވެ.

ކޮވިޑް-19 ޔުނިޓުގެ ޚިދުމަތް ހޯދުމަށް ކުރިޔާލައި އެޕޮއިންޓްމެންޓް ހައްދަން 3300335 އަށް ގުޅަން އެ ހޮސްޕިޓަލުން ވަނީ އެދިފަ އެވެ.

ކޮވިޑް-19 އަށް ފަރުވާދޭ ސެންޓަރު ހުންނާނީ އޭޑީކޭ ހޮސްޕިޓަލުގެ ޑރ. ޕަންޑިއަން ވިންގް ގަ އެވެ. ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމަޔަށް ކޮންމެ ދުވަހަކު 8:00 ން 16:00 އާއި ހަމަޔަށެވެ. ހުކުރު ދުވަހާއި ރަސްމީ ބަންދު ދުވަސް ދުވަހު އެ ޔުނިޓު ބަންދުވާނެ އެވެ.

މިފަހަކަށް އައިސް ރާއްޖެއިން ފެންނަ ކޮވިޑް-19 ކޭސްތައް ގިނަވުމުގެ ސަބަބުން އެޗްޕީއޭއިން ވަނީ އަމިއްލަ ފަރާތްތަކުން ފްލޫ ކްލިނިކް ހިންގަން ހުއްދަ ދީފަ އެވެ. އަދި ކޮންޓެކްޓް ޓްރޭސިންގް ގެ އަދަދުތައް ގިނަ ވުމާއެކު އެޗްޕީއޭއިން ވަނީ ހަމައެކަނި ހައި-ރިސްކު ފަރާތްތައް އެކަނި ކޮންޓެކްޓް ޓްރޭސް ކުރުމަށްވެސް ނިންމާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.