ކޮވިޑު ޖެހިގެން ރާއްޖެއިން 116 ވަނަ މީހާ ނިޔާވެއްޖެ

ކޮވިޑު ޖެހިގެން ރާއްޖެއިން 116 ވަނަ މީހާ ނިޔާވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ރޭ 10:44 ގައި ނިޔާވެފައިވަނީ 93 އަހަރުގެ މީހެއް ކަމަށެވެ.

އިޝްތިހާރު Below Header ad

މިއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދިވެހި އަންހެނެއް ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަން ބޮޑުވަމުން އަންނަ އިރު، ބައްޔަށް ޕޮޒިޓިވް ވާ މީހުން ވެސް އަންނަނީ ކޮންމެދުވަހަކު ކަހަލަގޮތަކަށް އިތުރުވަމުން ނެވެ.

އިއްޔެ ވަނީ ރެކޯޑު ޢަދަދަކަށް ރާއްޖެއިން މީހުން ޕޮޒިޓިވް ވެފައިވާ އިރު، 2،194 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި މާލެ ސަރަހައްދުން 1698 މީހުންނާއި އަތޮޅުތަކުން 467 މީހުންނާއި އޮޕަރޭޝަނަލް ރިސޯޓުތަކުން 29 ހިމެނެ އެވެ.

ރާއްޖޭގައި މިވަގުތު 20،276 މީހުންނަށް ކޮވިޑަށް ފަރުވާ ދެމުން އަންނަ އިރު، އޭގެ ތެރެއިން 280 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 50،802 އަށް އަރާފައެވެ.

މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު މިހާރުމިވަނީ 116 އަށް އަރާފަ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.