ދުނިޔޭގެ އެންމެ ބޮޑު ގަނޑުފެންގަނޑު އެންޓާޓިކާގެ ސަތަހައިން ނައްޓައިގެން ހިނގައްޖެ

ދުނިޔޭގެ އެންމެ ބޮޑު ގަނޑުފެންގަނޑު އެންޓާޓިކާގެ ސަތަހައިން ނައްޓައިގެން ހިނގައްޖެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޔޫރަޕިއަން ސްޕޭސް އޭޖެންސީ އާ ޙަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ އޭ-76 އައިސްބާގަކީ 4320 އަކަ ކިލޯމީޓަރަށް ފެތުރިފައިވާ، 175 ކިލޯމީޓަރު ދިގު އަދި 25 ކިލޯމީޓަރު ފުޅާ ގަނޑުފެންގަނޑެއް ކަމަށެވެ.

އިޝްތިހާރު Below Header ad

އެހެންކަމުން މި ގަޏޑުފެންގަނޑަކީ ވިލާތާއި އެމެރިކާގެ ބައެއް ޖަޒީރާ ރަށްތަކަށް ވުރެވެސް ބޮޑު ސަރަހައްދެކެވެ.

މި ގަނޑުފެންގަނޑުގެ ސެޓެލައިޓް ފޮޓޯތަކެއް އާންމު ކޮށްފައިވާ އިރު، މިއީ މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ ބޮޑު ގަނޑުފެންގަނޑެވެ. ދެވަނާގައި އޮތީ އޭ23އޭ ގެ ނަން ދީފައިވާ ގަނޑުފެންގަނޑެކެވެ. މި ގަނޑުފެންގަނޑުވެސް ދަތުރު ކުރަމުން ދަނީ ވެޑެލް ކަނޑުގައެވެ. މި ގަނޑުފެންގަނޑުގެ ބައެއް ވިރި، އަދި ކުދިކުދި ވެފައި ވާކަމަށް ސައެންސްވެރިން ވަނީ އިންޒާރު ކޮށްފައެވެ.

އޭ-76 އައިސްބާގް އެންމެ ފުރަތަމަ ހޯދީ ބްރިޓިޝް އެންޓާޓިކް ސާވޭއިންނެވެ. އަދި ސެޓެލައިޓް ފޮޓޯ ބޭނުންކޮށްގެން، މިކަން ކަށަވަރު ކޮށްފައި ވަނީ، އެމެރިކާގެ ނޭޝަނަލް އައިސް ސެންޓާއިންނެވެ.

ބެލެވޭ ގޮތުގައި، ވަރަށް އަވަހަށް، މި ގަނޑުފެންގަނޑު 2 ނުވަތަ 3 ބަޔަކަށް ބުރިވާނެ ކަމަށާ، ނަމަވެސް އެއީ މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅިފައި ވާ ކަމެއް ނޫން ކަމަށް ޔުނިވާސިޓީ އޮފް ކޮލޮރާޑޯގެ ގްލޭޝިއޮލޮޖިސްޓެއް ކަމަށްވާ ޓެޑް ސްކެމްބޯސް ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.