ކޮވިޑުގައި މިއަދު 7 ވަނަ މީހާ ނިޔާވެ، 112 އަށް އަރައިފި

ކޮވިޑުގައި ރާއްޖެއިން މިއަދު 7 ވަނަ މިހާ ނިޔާވެއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދާދި ދެންމެ ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމަށް ގެންދިޔަ އަންހެނެކެވެ.

އިޝްތިހާރު Below Header ad

އެޗްޕީއޭ އިން ބުނީ އެއީ 62 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި އޭނާ ނިޔާވެފައިވަނީ 12:16 ގައި ކަމަށެވެ.

މި މަރާއެކު މިހާރު ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 112 އަށް އަރާފައެވެ.

ރޭ ދަންވަރުން ފެށިގެން މިއަދު ހެނދުނާ ހަމައަށް ކޮވިޑު ބަލީގައި ރާއްޖެއިން ވަނީ 6 މީހަކު ނިޔާވެފަ އެވެ.

އެއީ ލާމު ގަމުގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 87 އަހަރުގެ ދިވެއްސަކާއި 69 އަހަރުގެ ދިވެއްސަކާއި އައިޖީއެމްއެޗް އީއާރުގައި ފަރުވާދެމުން ދަނިކޮށް މަރުވި 73 އަހަރުގެ ދިވެއްސަކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 51 އަހަރުގެ ބިދޭސީއަކާ 63 އަހަރުގެ ދިވެއްސަކާއި 66 އަހަރުގެ ދިވެއްސެކެވެ.

ކޮވިޑް މިދިޔަ އަހަރު ރާއްޖެއިން ބަލީގައި ނިޔާވެފައިވަނީ 51 މީހެކެވެ. އެހެންކަމުން މިއަހަރު ތެރޭ މިއަދާ ހަމައަށް މަރުވި މީހުންގެ އަދަދު ވަނީ 61 އަށް އަރާފައެވެ.

މަސް ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހު މި ކޮވިޑް ޖެހޭ މީހުންގެ އަދަދާއި ބަލީގައި މަރުވާ މީހުންގެ އަދަދު މިހާރުވެސް މި ވަނީ އިންތިހާއަށް ނުރައްކާވާ ދަރަޖައަށް ގޮސްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.